ޕީއެސްޖީ މޮޅުވެ އެއްވަނަ އަށް

ޕީއެސްޖީ މޮޅުވެ އެއްވަނަ އަށް

Author
އިބްރާހީމް ސާޢިދު
25 އޮކްޓޯބަރ 2020 09:24
0

ފްރާންސް ލީގުވަންގައި ޑިޖޮން އަތުން، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނަގާ ކުރި ހޯދައިދިނީ މޮއިސް ކީނެވެ. މިއީ އުމުރުން 20 އަހަރުގެ ޒުވާން ފޯވާޑް ޕީއެސްޖީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ކީން ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޕީއެސްޖީގެ ތިންވަނަ ލަނޑުޖެހީ މެޗުގެ 82 ވަނަ މިނެޓު ކައިލަން އެމްބާޕޭއެވެ. މި ލަނޑު ޖެހިތާ 6 މިނިޓު ފަހުން އޭނާ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑުވެސް ޖަހައިދީފަ އެވެ. ރޭ ލީގުގައި ކުޅުނު އެެހެން މެޗުތަކަށް ބަލާއިރު އެންގާސް ވަނީ 2-1 ލަނޑުން ރެންނާއިސް ބަލިކޮއްފައެވެ. އޮލިންްޕިކް މާސޭއިން ވަނީ ލޮރިއެންޓް މައްޗަށް ކުރި ހޯދާފާއެެވެ.

މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލް އަށް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ޑިޖޮން އޮތީ 8 މެޗުން ލިބުނު އެންމެ ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.