އޯގަސްޓް 12 ގައި "ޝޭރްޝާހް" އެމެޒޯން ޕްރަައިމް ވީޑިއޯއަށް!

އޯގަސްޓް 12 ގައި "ޝޭރްޝާހް" އެމެޒޯން ޕްރަައިމް ވީޑިއޯއަށް!

Author
ފާތިމަތު ނާވީ
17 ޖުލައި 2021 09:20
0

ސިދާތު މަލްހޮތުރާ އާއި ކިއާރާ އަދުވާނީގެ ފިލްމް "ޝޭރްޝާހް" މި އަހަރުގެ އޯގަސްޓް 12 ގައި އެމެޒޯން ޕްރައިމް ވީޑީއޯގައި ރިލީޒްކުރަން ހަމަޖެހިއްޖެ އެވެ.

ފިލްމް ނިމިފައި އޮތް ނަމަވެސް މި ފިލްމް ރިލީޒްކުރުން ވަރަށް ބޮޑަށް ވަނީ ފަސްވެފައި އެވެ. މި ފިލްމް ފަސްކުރަމުން ގެންގޮސްފައިވަނީ މި ފިލްމް ސިނަމާތަކުގައި އެޅުވުމުގެ ބޭނުމުގައި އެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މި ފިލްމް އެންމެ ފަހުން އަޅުވަން ޖެހިފައި ވަނީ އޮންލައިން ޕްލެޓްފޯމެއްގައި އެވެ.

މިއީ ހަގީގީ ހަދީސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމަކީ 1999 ހިނގި ކާގިލް ހަނގުރާމައިގެ ޝަހީދުވި ހިތްވަރުގަދަ ބަތަލެއްކަމުގައިވާ 24 އަހަރުގެ ވިކްރަމް ބަޓްރާގެ މައްޗަށް ހަދާފައިވާ ފިލްކެވެ. މި ފިލްމުގައި މި ހަނގުރާމައިގެ ހާދިސާތަށް ދައްކުވައިދޭނެ އެވެ.

ވިޝްނޫ ވަރްދަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ދަރްމާ ޕްރޮޑަކްޝަން އާއި ކާޝް އެންޓަޓެއިންމަންޓް ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.