ދިއާ މިރްޒާ ވިހެއީ ދުވަސް ނުފުރާ! ފިރިހެން ކުއްޖެއް!

ދިއާ މިރްޒާ ވިހެއީ ދުވަސް ނުފުރާ! ފިރިހެން ކުއްޖެއް!

Author
ފާތިމަތު ނާވީ
15 ޖުލައި 2021 09:30
0

މި އަހަރުގެ ފެބްރުއަރީ 15 ގައި މުމްބާއީގެ ވިޔަފާރީވެރިޔާ ވެއިބަވް ރޭކީއާ ކައިވެނިކުރި ފިލްމީ ތަރި ދިއާ މިރްޒާއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ކައިވެންޏަށް ފަހު އެޕްރިލް މަހުގެ ތެރޭގައި ރާއްޖޭގައި ހަނީމޫން ހޭދަކުރުމުށްފަހު އެނބުރި ގޮސް ދިޔާ ވަނީ އޭނާ ބަލިވެއިންކަން އިއުލާން ކޮށްފަ އެވެ. އަދި މިކަން އިއުލާން ކުރުމަށް ދިއާ ޕޯސްޓް ކުރި ފޮޓޯ އަކީ ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެކެވެ. އަދި ހަމައެހެންމެ މި ހަނީމޫންއަށް ދެމަފިރިން އައީ ވެއިބަވް ގެ ކުރީގެ ކައިވެނިން ލިބިފައިވާ އަންހެން ކުއްޖާ ވެސް ގޮވައިގެންނެވެ.

މާބަނޑު އިރު ދިމާވި ބައެއް ކަހަލަ މައްސަލަތުގެ ސަބަބުން އެމަޖެންސީކޮށް ދަރިފުޅު ނަގާފައި ވަނީ މީގެ ދެމަސްކުރިން މޭ މަހުގެ 14 ވަނަ ދުވަހުކަމަށް ދިއާ ވަނީ ބުނެފަ އެވެ.

އިއްޔެ މިކަން އިއުލާން ކުރުމަށް ދިއާ މިރްޒާ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓްގައި ބުނެފައި ވަނީ، ދަރިފުޅު ލިބުނުކަން އެހާ ލަހުން އާންމުކުރީވެސް ހާލަތުގެ ގޮތުން ކަމަށެވެ. އަދި ދުވަސް ނުފުރެނީސް ދަރިފުޅު ނަގަން ޖެހުމުން ދަރިފުޅު އަދި އޮތީ ޑޮކްޓަރުންނާއި ނަރުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ގެއަށް ގެނެވޭވަރު ވާނެކަމަށް ދިއާ ވަނީ ބުނެފަ އެވެ.

ލޮބުނީ ފިރިހެން ކުއްޖެއްކަން އިއުލާންކޮށް ދަރިފުޅުގެ ނަންވެސް ވަނީ ހާމަކޮށްފަ އެވެ. ދިއާގެ ދަރިފުޅަށް ކިޔަނީ އަވިޔާން އަޒާދް ރޭކީ އެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯއިން ތުއްތު ތުއްތު ދަރިފުޅުގެ އަތް ވެސް ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Dia Mirza (@diamirzaofficial)

ދިޔާ އަކީ ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދުނު ތަރިއެއް ނޫނެވެ. އަދި އޭނާ މިހާރު ފިލްމުތަކުން ފެންނަމުން ދަނީވެސް ވަރަށް މަދުނެވެ. ނަމަވެސް އޭނާ އަކީ ސޯޝަލް މީޑިއާއާ ވަރަށް ރައްޓެހި ތަރިއެކެވެ.

ދިއާ ވަނީ މީގެ ކުރިން ސާހިލް ސަންގާއާ ކައިވެނިކޮށްފަ އެވެ. ސާހިލަކީ ލިޔުން ތެރިއެއްގެ އިތުރުން ޕްރޮޮޑިއުސަރެއްވެސް މެއެވެ. މިކައިވެނި ނިމުމަކަށް އައިސްފައިވަނީ 2019 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.