މ. ނާލާފުށި ހުރި "ދުނބުޅި ބަދިގެ" އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ފަށާފައިވާ މަޝްރޫގެ ބޮޑުބައި ނިންމާލައިފި އެވެ.
ނާލާފުށީގެ އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައިނިމި މިހާރު ތައްޔާރުވަމުންދަނީ ހުޅުވުމަށެވެ. ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަތުގެ %85 މިހާރުވަނީ ނިމިފައެވެ. މިމަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އާންމު ރައްޔިތުންނާއި ދުރުގައި އިންޖީނުގެ ބިނާކޮށް އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތް ދިނުމެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، މ. ނާލާފުށި އައު އިންޖީނުގެއާއި އައު އޮފީސް އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ %85 މަސައްކަތް ވަނީ ކުރެވިފަ. pic.twitter.com/Guza5dzgCi
— Fenaka Corporation Ltd (@TeamFenaka) October 25, 2020
ފެނަކައިން މިހާރު 47 އިންޖީނުގެއެއް އަލަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް އިމާރާތްކުރާ ބައެއް އިންޖީނުގެތަކަކީ، ރައްޔިތުންނަށް އިންޖީނުގެތަކުން އުނދަގޫތައް ނުފޯރާނެހެން އެކަށީގެންވާ ސަރަހައްދެއްގައި އިމާރަތްކުރާ އިންޖީނުގެތަކެވެ.
ގޮންޖެހުންތައް ހުރިހަމަވެސް ފެނަކައގެ އަމާޒަކީ، ދަތިނުވެ 25 އަހަރަށް ވުރެ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މިންވަރަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް ކަރަންޓް ނެޓްވޯކްތައް ބަދަލުކޮށް 2021 ވަނަ އަހަރު އެކުންފުނީގެ ހުރިހާ އިންޖީނުގެތަކެއް އެންމެ މިޒަމާނާއި އެއްގޮތަށް ބަދަލު ކުރުމެވެ.
ފެނަކައިން ވަނީ ދާދިފަހުން ސެންޓްރަލް ސްކާޑާ ސިސްޓަމެއް ޤާއިމުކޮށް، ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު މޮނިޓަރކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސައިފަ އެވެ. ސްކާޑާ ސިސްޓަމް ނުވަތަ ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިޒިޝަން ސިސްޓަމާއި 26 ރަށެއްގެ އިންޖީނުގެތައް މިހާރު ގުޅާލެވިފައިވާކަމަށް ފެނަކައިން ބުނެއެވެ.
ކޮމެންޓު ފޮނުވާ