އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އާއި ލަވަކިޔުންތެރިޔާ ރޯހަންޕްރީތު ސިންގ ކައިވެނިކޮށްފިއެވެ.
އިއްޔެ ދިއްލީގައި ބޭއްވި ސަގާފީ ހަފްލާއެއްގައި ދެ ތަރިން ކައިވެނިކޮށްފައިވާއިރު، އެ ކައިވެނީގެ ހަފްލާގައި ދެ މީހުންގެ އާއިލާ މީހުންނާއި، ރަހުމަތްތެރިން ބައިވެރިވެފައި ވެއެވެ. އެ ކައިވެންޏަށްފަހު ބޮޑު ހަފްލާއެއް ޕަންޖާބްގައި ބާއްވަން ވަނީ ނިންމާފައެވެ.
ކައިވެނީގެ ކުރިން މި ދެތަރިންވެސް ވަނީ ޕްރޮ ވެޑިންގ ހަރަކާތްތައްވެސް ވަރަށް ކުލަގަދަކޮށް ކުރިއަށްގެންގޮސްފައެވެ. ނޭހާ ވަނީ އެ މަންޒަރުތައް އޭނާގެ އިންސްޓަގްރާމް ޕޭޖަށް ލާފައެވެ. އެ ފޮޓޯތައް މީސް މިޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު ދެތަރިން އެކުގައި ވަރަށް ލޯބި ކަމަށް ބުނެފައި ވެއެވެ.
ނޭހާ، ރޯހަންޕްރީތާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައި ވަނީ އޮކްޓޯބަރު ނުވަ ވަނަ ދުވަހު އާއްމުކުރި ފޮޓޯއަކާއި އެކުގައެވެ. އަދީ ރޯހަންޕްރީތުވެސް ވަނީ އެކަން ހާމަކޮށްފައެވެ. އޭގެ ފަހުން ދެތަރިންވެސް އެކުގައި ނަގާފައިވާ އެތައް ފޮޓޯއެއް ހިއްސާ ކުރިއެވެ. ނޭހާ ކައިވެނިކުރިއިރު، އޭނާގެ އުމުރަކީ 32 އަހަރެވެ. އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގގެ އުމުރަކީ 25 އަހަރެވެ.
ކޮމެންޓު ފޮނުވާ