އަފްޣާނިސްތާނޭ ޕާކިސްތާނޭ ކިޔާނެ ކަމެއްނެތް، ރާއްޖޭގައި އޮންނާނީ އިސްލާމްދީން: އަލީ ރަމީޒު

އަފްޣާނިސްތާނޭ ޕާކިސްތާނޭ ކިޔާނެ ކަމެއްނެތް، ރާއްޖޭގައި އޮންނާނީ އިސްލާމްދީން: އަލީ ރަމީޒު

އަފްޣާނިސްތާނޭ ޕާކިސްތާނޭ ކިޔައިގެން ރާއްޖޭގެ އިސްލާމީ ވަހުދަތާއި ކުޅެން ނޫޅުމަށާއި، ރާއްޖޭގައި އޮންނާނީ މާތްވެގެންވާ އިސްލާމްދީން ކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މހާޜު ހަރުކަށި ފިކުރު އިންތިހާއަށް ބޮޑުވެ، އިސްލާމީ ވަހުދަތަށް އަސަރު ކުރަކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދައި، ނަޝީދަށް ތާއީދު ކުރާ ބައެއް ބޭފުޅުން ވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ ރާއްޖޭގައި އޮންނާނީ މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ﷲ ބާވާލެއްވިދީންކަމަށެވެ.

އަފްޣާނިސްތާނޭ ޕާކިސްތާނޭ ކިޔާނެ ކަމެއްނެތް. އިންޝާ ﷲ މިރާއްޖޭގައި އޮންނާނީ މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ﷲ ބާވާލެއްވިދީން.

– އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވިއިރު “ޖަޒީރާ” ވަޓްސް އަޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޖިހާދީ ފިކުރުގެ މީހުން ގިނަ އަދަދަކަށް ތިބިކަމަށެވެ. އެމީހުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ކަމަށާއި، ޓްރެނިން ހަދަމުންދަނީ ރާއްޖޭގެ ފަޅު ރަށްތަކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް ބޭރުގެ އެޖެންސީތަކުން އެނގޭ ގޮތުގައި އެމީހުން ހަނގުރާމައަށް ތައްޔާރު ވަނީ. އަފްޣާނިސްތާނުން ޔޫއެސް ޓްރޫޕް ފައިބައި، އެތަންތަނަށް ދިޔާމަ، މިކޮޅާއި އެކޮޅު މާ ގުޅޭނެ. ރާއްޖޭގައި އެމީހުންގެ 1000 މީހުން އެބަތިބި. ފަޅުރަށަކަށް ގޮސް ތަމްރީންވަނީ. ކަންނެލި އޮޑިތަކުގައާއި، ޑިންގީ އަދި ލޯންޗު ފަހަރުގައި އުޅެނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިސާބަށް ކަންކަން ގޮސްފައިވާއިރު، ސަރުކަރުގެ ކޯލިޝަން ތެރޭގައިވެސް ތިބީ މިފަދަ ފިކުރުތަކަށް ތާއީދު ކުރާ މީހުންކަމަށެވެ. އެމީހުންނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށާއި، ދީނީ ގޮތުން މެދު މިނުގެ ވިސްނުން ގެންގުޅުއްވާނަމަ ރައީސް ޔާމީންއާއި، ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *