ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖަހައި ނުދޭނެ!

ޢީދު ބަންދުގައި މާލެ ސަރަހައްދުގައި ވެކްސިން ޖަހައި ނުދޭނެ!

މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިން ޖެހުން ކުރިއަށް އޮތް ޢީދު ބަންދުގައި ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލާނެކަމަށެވެ. އަދި އަލުން ވެކްސިން ޖަހަން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ޢީދު ބަންދާއި މިނިވަންދުވަހުގެ ބަންދު ހިމެނޭހެން ބޮޑު ޗުއްޓީއެއް މިއަހަރުގެ ވަނީ ލިބިފަ އެވެ. އެގޮތުން މިހަފްތާގެ ހަފްތާ ބަންދުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެ ކަމަސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ. ނަމަވެސް ވެކްސިން ޖެހުން މެދުކަނޑާލީ ސީދާ ކޮންމުއްދަތަކަށް ކަމެއް އަދި އެޗްއޯސީން ހާމައެއް ނުކުރެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ތެރެއިން ރާއްޖޭގައި މިހާރު ދެމުންގެންދާ ހުރިހާ ވެކްސިނެއްވެސް ޢީދު ބަންދަށް މެދުކަނޑާލާނެ ކަމަށައި އަލުން ފަށާނެ ތާރީހު ބަންދު ދުވަސްތައް ނިމެން ކައިރިވުމުން އިއުލާން ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ހުޅުވަން ކައިރިވީމަ އަޅުގަނޑުމެން ތާރީހު އިއުލާންކުރުމާއެއްކޮށް ހަމަ ބުކިންއަށް އެޕޮއިންޓްމެންޓް ހެދުމަށްވެސް ހަމަ ހުޅުވާލާނަން،"

– ޑރ. ނަޒްލާ

އެޕޮއިންޓްމެންޓް އުސޫލުން ރާއްޖޭގައި އަދި މިހާތަނަށް ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒެވެ. ގިނަ ދުވަސްތަކެއްގެ މެދުގެނޑުމަށްފަހު ކޮވިޝީލްޑް ވެކްސިން ޖަހަން ފެށުމާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 50 އިންސައްތަ މިހާރު ވެކްސިންގެ 2 ޑޯޒް ފުރުހަމަ ކޮށްފައި ވާކަމަށް ޑރ ނަޒަލާ މިއަދު ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *