އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހޯދާފައިވާ ވެހިކަލްތައް، އެ ސަރވިސްއާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ކަމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
Virtual Ceremony held today to handover vehicles acquired under India Grant Assistance Scheme to
Maldives Correctional Service. The ceremony was joined by Minister of Foreign Affairs Hon. Abdulla Shahid, High Commissioner of India H.E. Sunjay Sudhir & CP Ahmed Mohamed Fulhu. pic.twitter.com/YeeJjII0D7— Maldives Correctional Service (@CorrectionsMv) July 14, 2021
ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ދަތުރުފަތުރުކުރުމަށް އެސަރވިސްއަސް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް 8 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތުގެ ފުރަތަމަ ބައިގެ ދަށުން 4 އެއްގަމު އުޅަނދު ( 3 ވޭން، 1 ކާރު) މިހާރު ހޯދާފައިވާއިރު، ކަނޑުމަގުން ދަތުރުކުރުމަށް ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ، ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނަށް މުހިއްމި ޚިދުމަތެއް ފޯރުކޮށްދެމުންދާ އެ ސަރވިސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމުއައްސަސާގެ ޤާބިލްކަން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެކެވެ.
ކޮމެންޓު ފޮނުވާ