އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރުމާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މަޚުލޫފު މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވި މައްސަލާގައި ވީހާވެސް އަވަހަށް ގޮތެއް ނިންނުމަށް އޭނާ ވަނީ މީގެ ކުރިންވެސް އެދިވަޑައިގެންފައެވެ. ޮީޖީ އޮފީހުން ބުނެފައިވަނީ ދައުވާކުރުމާ މެދު އަދިވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދިވެސް އަންނަނީ މައްސަލަ ދިރާސާ ކުރަމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.
ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ