ދައުރު ނިމޭއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެމްޕިއަނަކަށްވާނީ ރައީސް ޞާލިހު: މޫކޭ

ދައުރު ނިމޭއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެމްޕިއަނަކަށްވާނީ ރައީސް ޞާލިހު: މޫކޭ

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 01:25
0

މިހާރު ކުރިއަށް މިދާ ވެރިކަމުގެ ދައުރު ނިމޭއިރު ރައީސް ކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ޞާލިހު ވެގެންދާނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެމްޕިއަންގެ ގޮތުގައި ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ގައުމީ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ ރައީސް، މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ދައުރު ދެބައިވެ، ރިޔާސީ އިންތިޚާބާއި ގާތްވަނުދާ ވަރަކަށް އެމްޑިޕީ ތެރޭގައި އުފެދެމުންދާ ބައިބައިވުންތަކާއި، އަދި ސިޔާސީ ގޮތުން ރައީސް ޞާލިހުއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މޫކޭ ވިދާލުވީ ރައީސް ޞާލިހަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީ ގެނެސްދެއްވުމުގައި ރެއާއި ދުވާލު މަސައްކަތް ކުރައްވާ ލީޑަރެއް ކަމުގައެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅު މިހާރު ހުރި ގޮތަށް ބަލާއިރު މިދައުރު ނިމޭއިރު އެމަނިކުފާނު ވެގެންދާނީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެންޕިއަނުންގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

މި ދައުރު ނިމިގެން ދާއިރު ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ޗެމްޕިއަން އަކީ އެމް.ޑީ.ޕީ ގެ އިސްލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުއަށް ވެގެންދާނެ. އެމް.ޑީ.ޕީގެ ކޮންމެ ވެރިކަމަކީ ރައްޔިތުންނަށް މިނިވަންކަމާއި އުފާވެރިކަން ގެނެސްދޭ ވެރިކަން ތަކެއް.

– މޫކޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހާއި އެކީ ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ބުނެ ޔާމީންގެ އެހީއަށް އެދޭނެ ކަމަށް ބުނެފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދަށް ނުސީދާކޮށް އެންމެ ގިނަ ހަމަލާ ދެއްވަމުންދާ އެއްބޭފުޅަކީވެސް މޫކޭއެެވެ. އެނާ ވަނީ ރައީސް ޞާލިހު ދިފާއު ކުރައްވައި، އެމްޑީޕީން ޕީޕީއެމްއާއި އެކު ދުވަހަކުވެސް މަސައްކަތް ކުރަން ނޭދޭނެކަމަށް ބުނެފައެވެ.

މޫކޭ ވިދާޅުވީ، ރައީސް ޔާމީނާއި އެކީ ސިޔާސީ މަސައްކަތް ކުރާކަށް އެމްޑީޕީ މެމްބަރުން ބޭނުމެއް ނުވާނެ ކަމަށައި އެކަމަކީ އެއީ މި ގައުމަށް ރަނގަޅެއް ފެންނާނެ މަގެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އިންސާފު ހޯދާނެ ގޮތެއް ވެސް ނޫން ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް، ފިކުރީ ހިޔާލު ތަފާތު ކަމަށެވެ. އެހެންވިޔަސް ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.