މެސީ ފުރަން ތައްޔާރުވެފައި ވަނިކޮށް ބޮމެއްގެ އިންޒާރެއް!

މެސީ ފުރަން ތައްޔާރުވެފައި ވަނިކޮށް ބޮމެއްގެ އިންޒާރެއް!

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2021 01:09
0

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޗުއްޓީ ދަތުރެއްގައި ސްޕެއިންގެ އެއާޕޯޓަކުން ފުރަން އުޅެނިކޮށް އެއާޕޯޓަށް ދިޔަ މީހެއްގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލައި މެސީ ފުރުން ފަސް ކޮށްފިއެވެ.

މެސީ ފުރަން ހަމަޖެހިފައި ވަނިކޮށް އެއާޕޯޓަށް ދިޔަ މީހެއްގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނުމުން އެއާޕޯޓުގެ އޮޕަރޭޝަންތައްވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އާޖެންޓީނާގެ ރޮޒާރިއޯގެ އެއާޕޯޓުން ފުރައިގެން ސްޕެއިނަށް މެސީ ދަތުރުކުރަން އޮތް ފްލައިޓް ދަތުރު ފެށުމުގެ ކުރިން އެއާޕޯޓަށް ދިޔަ މީހަކު ވަނީ އޭނާގެ ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނެފައެވެ. ވަގުތުން އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލައި ސަލާމަތީ ފިޔަވަޅުތައް އެޅިއެވެ.

އެއާޕޯޓުގެ ސެކިއުރިޓީން ވަނީ ބޮމެއް އޮތް ކަމަށް ބުނި މީހާ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހެދީ ދޮގެއްކަން އެނގުނީ އެއް ގަޑިއިރު ފަހުން އަލުން އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމުންނެވެ. އެކަން ހިނގިއިރު މެސީ ހުރީ އެއާޕޯޓަކު ނޫނެވެ. ނަމަވެސް އެއާޕޯޓު އާންމު ހާލަތަކަށް ބަދަލު ކުރުމާ އެކު މެސީ ވަނީ އެއާޕޯޓަށް ގޮސްފައެވެ.

އާޖެންޓީނާ އަށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައި ދިނުމަށް ފަހު މެސީ ވަނީ މިހާރު އެނބުރި ސްޕެއިނަށް ގޮހެވެ. އުމުރުން 34 އަހަރުގެ މެސީ ވަނީ އާޖެންޓީނާ އަށް ކޮޕާ އެމެރިކާ ހޯދައި ދިނުމަށް މުހިންމު ރޯލެއް އަދާކޮށްފައެވެ. ބާސާ އިން މެސީއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން އޭނާ މިހާރު ހުރީ އެއްވެސް ކްލަބެއްގައެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.