ކޯވިޑް-19އާއި ގުޅިގެން ޞީއްޚި ޚދުމަތްތެރިންނަށް ދިނުމަށް ސަރުކާރުން އެލަވެންސެއް ދިނުމަށް ނިންމި ނަމަވެސް، އެލަވެންސް ދިނުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ސިޓީއެއް ފޮނުވައިފިއެވެ.
އެޔޫނިއަނުން ވަޒީރު އަމީރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ވޮލަންޓިއަރުން، ކޯވިޑް19 އެމެޖެންސީ ރެސްޕޮންސްއަށް ޙިދުމަތްކުރުމަށް، ފުރާނަ އަތްމައްޗަށްލައިގެން ނިކުތީ، އޭގެ ބަދަލުގައި އުޖޫރައެއް ނުވަތަ އެލަވަންސްއެއް ލިބޭނެކަމަކަށްނޫން ކަމުގައެވެ. އަދި ހެލްތް ސެކްޓަރގެ 23 ގިންތިއަކަށް ނިސްބަތްވާ ޓެކްނިކަލް މުއައްޒަފުން މަސައްކަތްކުރަމުންދަނީ އިދާރީ އޮނިގަނޑެއްގައި 5610ރ ގެ އަސާސީ މުސާރައެއްގައިކަމަށާއި، އެހެނަސް، ކޯވިޑް19 ގެ މަސައްކަތުގައި ކުރީސަފުގައި މަސައްކަތްކުރި ފަރާތްތަކަށް އެލަވަންސްއެއް ދޭން ނިންމުން، އުފަލާއެކު އެކަން ބަލައިގަތް ކަމުގައެވެ.
މި އެލަވަންސް އާއި ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރި އަދި ކުރަމުންދާ ފަރާތްތަކުގެ ކަންބޮޑުވުންތައް، މިޔޫނިއަންއަށް ލިބެމުންދާކަން ފާހަގަކުރަން. އެގޮތުން، އެލަވަންސް ދިނުމުގައި ހަމަހަމަ ކަން ނެތުމާއި، މަސައްކަތްކޮށްފައިވާ މުއްދަތާއި ނިސްބަތްވާވަރުގެ އަދަދެއް އެލަވަންސްގެ ގޮތުގައި ނުލިބުމުން އަދި އެއްވެސް ވަރަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތައްދަނީ މިޔޫނިއަންއަށް ލިބެމުން. މީގެ ތެރޭގައި އޮޕަރޭޝަންސްގެ އެންމެ ކުރީކޮޅު، އެކި އެކި ފެސިލިޓީ އަދި ސެންޓަރުތަކުގައި ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަށް، މިވަގުތާއި ޖެހެންދެންވެސް، އެލަވަންސް ލިބިފައިނުވާކަން ފާހަގަ ކުރަން. ލިބިލެއްވި ފަރާތްތަކަށް، ޕޭމަންޓްގެ ތަފްސީލު ހިމެނޭ ސްލިޕް ލިބިފައިނުވާކަން ފާހަގަކުރަން.
– ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ފޮނުވި ސިޓީގައި ވެއެވެ.
އަދި މީގެ އިތުރުން، ރިސްކް ކްލެސިފައި ކުރުމުގައި، ކޮމިޓީއިން ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ލިބިފައި ނުވުމުގެ ސަބަބުން، އެލަވަންސްއާއި ގުޅިގެން ޝަކުވާ
ހުށައަޅައި، މިކަންކަން ހައްލުކުރުމަށްވަނީ އުދަގޫތަކާއި ކުރިމަތިވެފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި ހާއްސަކޮށް މިވަގުތުވެސް، ކުރިއެކޭ އެއްފަދައިން، ކޯވިޑް19 އެމަރޖެންސީ ރެސްޕޮންސްގައި އަވަދި ނެތި އުޅެމުން، މިކަންކަން ބަލައި ހޯދުމަށް ވަގުތު ދެވެން ނެތި، ސިއްހީ ހިދުމަތްތެރިން ވަރަށްބޮޑަށް މާޔޫސްވެފައިވާކަމުގައި ސިޓީގައި ވަނީ ބުނެފައެވެ.
ޔޫނިއަންއަށް ލިބިފައިވާ، ބައެއް ކޭސްތަކަށް ބަލާއިރު، ވަޒީފާ އަދާ ކުރާތަނުގެ މެނޭންޖްމަންޓްއިން ވަކި، ލެވެލްއެއްގެ ރިސްކްއަކަށް ކްލެސިފައިކޮށްފައިވީ ނަމަވެސް، ފްރޮންޓްލައިން އެލަވަންސް ކޮމިޓީއިން، ލެވެލްތައް ބަދަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން މިގޮތަށް ކޮށްފައިވަނީ، އެކަށީގެންވާ ސައިންޓިފިކް އަދި ލޮޖިކަލް އެވިޑަންސްއަށް ރިޢާއަތްނުކޮށްކަން ފާހަގަ ޖުމްލަ ގޮތެއްގައި ގުޅިގެން އެކަށީގެން ގޮތެއްގައި، މަސައްކަތްތެރިންނާއި މައުލޫމާތު ހިއްސާ ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އެލަވަންސް ދެވުނު ގޮތުގެ ތަފްސީލް ހިމެނޭ ސްލިޕްތައް، އެލަވަންސް ލިބުނު ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެޔޫނިއަނުން ވަނީ ފިނޭންސް މިނިްސޓްރީގައި އެދިފައެވެ. އަދި އަލެވަންސްއަކަށްވުރެ ބޮޑަށް، އަޅުގަނޑުމެން ސިއްހީ މަސައްކަތްތެރިން އެދެނީ، ޓެކްނިކަލް އޮނިގަނޑުތައް ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާއި އެކު، އަދާކުރާ މަގާމްގެ މަސްޢޫލިއްޔަތު އަދި ޒިންމާއާއި އެކަށޭނަ އަސާސީ މުސާރެއް ކަނޑައަޅައި ދިނުމަށްވެސް ވަނީ ދަންނަވާފައެވެ. އަދި ސެކްޓަރގައިގެ އެންމެ ތިރީ ހަރުފަތުގައި، މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް، އެކަށޭނެ ބަދަލުތަކެއް އަންނާނީ މިނިމަމް ވޭޖް ކަނޑައެޅުމުގައި، މިނިމަމް ވޭޖްގެ އަދަދަކީ އަސާސީ މުސާރައިގެ ގޮތުގައި ހަމަޖެހިގެން ދިއުންކަމުގައި އެޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ