ވެކްސިންތައް މަސްހުނި ކޮށްގެން ޖެހުމަަކީ ރައްކާތެރި ކަމެއް ނޫންކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައި

ކޯވިޑް19 ވެކްސިންތައް މަސްހުނި ކޮށްގެ ޖެހުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެ: ޑަބްލިއުއެޗްއޯ

ކޯވިޑް19 ވެކްސިންތައް މަސްހުނި ކޮށްގެ ޖެހުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެ: ޑަބްލިއުއެޗްއޯ

ދުނިޔޭގެ އެކި ކުންފުނިތަކުން އުފައްދާފައިވާ ކޯވިޑް19 ވެކްސިންތައް މަސްހުނި ކޮށްގެން (އެކި ކުންފުނިތަކުގެ ވެކްސިން އެކެއްގެ ގަޔަށް ޖެހުން) ޖެހުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެ ކަމަށް ވިދާޅުވެ، މިގޮތަށް ވެކްސިންތައް ޖަހަމުން ނުދިއުމަށް، ދުނިޔޭގެ ސިއްހަތ ޖަމިއްޔާގެ އެންމެ އިސް ސައިންސްވެރިޔާ އެދިވަޑައިގެންފިއެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ، މިފަދަ އެއްވެސް ނިންމުމަށް ސިއްޙީ އިދާރާތަކުން ރަސްމީކޮށް ނުނިންމަނީސް، ވެކްސިންތަކުގެ ބޭނުން މިގޮތުގައި ކޮށްގެން ނުވާނެއެވެ.

"މިއީ އާންމު ވަމުންދާ ނުރައްކާތެރި އާދައެއް،" ހޯމަދުވަހު ބޭއްވުނު އޮންލައިން މީޑިއާ ބްރީފިން އެއްގައި، ކޯވިޑް19ގެ ބޫސްޓަރ ޑޯޒްއާއި ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި، ޑަބްލިއުއެޗްއޯގެ އިސް ސައިންސެވެރިޔާ ސޯމްޔާ ސްވަމިނަތަން ވިދާޅުވިއެވެ. "ދެވަނަ ޑޯޒް، ތިންވަނަ އަދި ހަތަރުވަނަ ޑޯޒް ޖަހާނީ ކޮން އިރަކު ކަމާއި، އަދި ޖަހަން ޖެހޭނީ ކޮންބައަކަށް ކަން އަމިއްލައަށް ނިންމާ، މިގޮތަށް ވެކްސިން ޖަހަން ފަށާއިފިނަމަ، އެކަން ވެގެންދާނީ، ގައުމުތަކުގައި ކޮންޓްރޯލުން ނެއްޓިގެން ހިގައިދާނެ ކަމަކަށް."

މި ޕްރެސް ބްރީފިންގައި ސުވަމިނަތަން ވިދާޅުވެފައިވަނީ ވެކްސިންތައް މަސްހުނި ކުރުމަކީ "ޑޭޓާ ފްރީ ޒޯން" (އެކަމާ ގުޅުން ހުރި މައުލޫމާތު ލިބެން ނެތް ހާލަތެއް)އެއް ކަމުގައެވެ. އަދި ހަމަ އެރޭ އޭނާވަނީ ކުރެއްވި ޓުވީޓެއްގައި އޭނާގެ މި ވިދާޅުވުން އިތުރަށް ތަފްސީލުކޮށް ދީފައެވެ.

"ވަކިވަކި ފަރުދުން އެމީހުން އަމިއްލައަށް އިޚްތިޔާރު ކޮށްގެން ނުވާނެ، ސިއްޙީ އިދާރާތަކުން އެކަން ނިންމަންވާނީ ލިބިފަ ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް،" އޭނާ ޓުވީޓް ކުރައްވާފައި ވެއެވެ. "ވެކްސިން މަސްހުނި ކޮށްގެން އަދި އެކަކު ތަފާތު ވެކްސިން ބޭނުން ކުރުމާއި ގުޅޭގޮތުން ހެދިފައިހުރި ދިރާސާތަކުގެ މައުލޫމާތު އަދި ހުރީ މުޅިން ފުރިހަމަ ނުވެ – މީގެ ރައްކާތެރިކަން އަދި ޖެހޭނީ ޔަގީން ކުރަން."

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެކްސިންތަކާބެހޭ ތަޖުރިބާކާރުންގެ ސްޓްރަޓެޖިކް އެޑްވަޒަރީ ގުރޫޕުން ފާއިތުވެދިޔަ ޖޫންމަހު ބުނެފައިވަނީ، އެންމެ ފުރަތަމަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށްފަހު، އޭގެ ދެވަނަ ޑޯޒް ލިބެން ނެތްނަމަ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒަރ ވެކްސިން ބޭނުން ކުރެވިދާނެ ކަމަށެވެ.

އެސްޓްރާޒެނެކާ އަދި ފައިޒާ ވެކްސިންގެ މަސްހުނި ކޮށްގެން ހިންގާ ކްލިނިކަލް ޓްރަޔަލްތައް އިގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީން މިހާރުދަނީ ކުރިޔަށް ގެންދަމުންނެވެ. އަދި ފަހުން މި ޓަރަޔަލްތައް ވަނީ މޮޑާނާ ވެކްސިނާއި ނޯވޯވެކްސް ވެކްސިން ބޭނުން ކޮށްގެންވެސް ވަނީ ކުރިޔަށް ގެންދަން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *