ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ލޯންޗް ކޮށްފިއެވެ.
އީޝާ އަކީ އޭނާގެ އެކްޓިންގ ކެރިއަރގައި ބޮލީވުޑުން މާ ބޮޑު މަގުބޫލުކަމެއް ލިބުނު ތަރިއެއް ނޫނެވެ.
2012 ވަނަ އަހަރު ބާރަތު ތަކްތާނީ އާއި ކައިވެނިކުރުމަށް ފަހު އީޝާ ވަނީ ފިލްމީ ދާއިރާއަށް ގެއްލިފަ އެވެ. އީޝާގެ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ ބާރަތް އީޝާ ފިލްމްސް (ބީއީއެފް)އެވެ.
ބޮލީވުޑްގެ ލިވިންގ ލެޖެންޑުން ކަމަށްވާ ދަރްމިންދްރާ އާއި ހެމާ މާލިނީގެ ދޮށީ ދަރިފުޅުގެ މި ފިލްމް ކުންފުނިން ފުރަތަމަ އުފައްދާ ފިލްމަކީ "އެކް ދުއާ" އެވެ.
އީޝާ ބަތަލުގެ ރޯލު ކުޅޭ މި ފިލްމް ޕްރޮޑިއުސް ކުރަނީ ބީއީއެފް އާއި އެސޯޓެޑް މޯޝަން ޕިކްޗާސް ގުޅިގެންނެވެ. "އޭކް ދުއާ" އަކީ ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް ސެލެކްޓަށް ގެންނާނެ ފިލްމެކެވެ.
ރާމް ކަމަލް މުކަރްޖީ ޑައިރެޓްކުރާ މި ފިލްމު މިމަހުގެ 26 ވަނަދުވަހު ވޫޓް ސެލެކްޓުން ޑިޖިޓަލްކޮށް ޕްރިމިއަރ ކުރާނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު ރާމް އަކީ، އީޝާ ޑިއޯލް 2019 ގައި ފެނިގެން ދިޔަ ކުރު ފިލްމު "ކޭކްވޯކް"ގެ ޑައިރެކްޓަރެވެ.
ކޮމެންޓު ފޮނުވާ