އާތިޔާ އާއި ރާހުލްގެ ގުޅުން އޮފިޝަލްވީތަ؟

އާތިޔާ އާއި ރާހުލްގެ ގުޅުން އޮފިޝަލްވީތަ؟

Author
ފާތިމަތު ނާވީ
14 ޖުލައި 2021 08:53
0

އާތިޔާ ޝެއްޓީއާއި ކްރިކެޓް ތަރި ކޭއެލް ރާހުލް އާއި ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަށް ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސް ނުވިނަމަވެސް މި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ޔަގީން ވާވަރާއި ގާތަށް ހިންޓުވަނީ ދީފަ އެވެ.

އާތިޔާ އާއި ރާހުލް ދެމީހުންގެ ފޮޓޯތަށް ވެސް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއެވެ. މި ދެމީހުންގެ ހަރަކާތްތަށް އަބަދުވެސް ފާރަވެރިވެ ތިބޭ ފޭނުން ވަނީ މި ދެމީހުންނަކީ ލޯބިވެރިން ކަމަށް ނިންމާފަ އެވެ.

އަތިޔާގެ އެންމެ ފަހުގެ އިންސްތަގްރާމް ސްޓޯރީން މި ވަގުތު ރާހުލް އަދި އަތިޔާ ތިބީ ޔޫކޭގައި ކަން އެނގެއެވެ. ދެމީހުންގެ ސުޓޯރީގައި ވަނީ ދެމީހުންވެސް އެމީހުން ރަހުމަތެރިއެއް ކަމުގައިވާ ޝޮނާލީ އާއި އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓް ކޮށްފަ އެވެ.

ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލަށް ގައުމީ ކްރިކެޓް ޓީމާއިއެކު އިނގިރޭސި ވިލާތަށް ގޮސްހުރި ރާހުލް، އާއެކު އާތިޔާ ދަތުރުރިކަން އިންޑިއާގެ މީޑިއާތަކުން މިއަދު ވަނީ ފަޅާއަރުވާލާފަ އެވެ. ކްރިކެޓްތީމުގެ ކުޅުންތެރިން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު އާއިލާގެ މެންބަރުން އެކުގައި ދަތުރުކުރާނަމަ ބޯޑް އޮފް ކޮންޓްރޯލް އޮފް ކްރިކެޓް އިން އިންޑިއާ ބީސީސީއައި ގައި ލިސްޓް ކުރަންޖެހެއެވެ. އަދި އެގޮތަށް ލިސްޓް ކުރެވޭނީ އަނބިން ނުވަތަ ޕާޓްނަރުންނެވެ.

އެގޮތުން އަތިޔާ ލިސްޓްކޮށްފައި ވަނީ ރާހުލްގެ ޕާޓްނަރ ގޮތުގައި ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން އިންޑިއާގެ ނޫސްތަކަސް ވަނީ މަޢުލޫމާތު ދީފަ އެވެ. އަދި އާތިޔާ ދަތުރުކުރީ ޓީމާއި އެކު ޓީމްގެ ބަބުލްތެރޭގައި ކަމަށާއި ސައުތުހެމްޓަން ގައި އާތިޔާ މަޑުކުރީވެސް ޓީމާއިއެކު ކަމަށް މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ.

 

View this post on Instagram

 

A post shared by Athiya Shetty (@athiyashetty)

ދާދި ފަހުން އާތިޔާގެ ބައްޕަ ސުނިލް ޝެއްޓީވެސް ވަނީ މި ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ ހިންޓެއް ދީފައެވެ. އެގޮތުން ސުނިލްވަނީ އޭނާގެ ފިރިހެން ދަރިފުޅު އަހާން އާއި ރާހުލްގެ ވީޑީއޯއެއް އިންސްޓަގްރާމުގައި ޕޯސްޓް ކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Suniel Shetty (@suniel.shetty)

އަހާން ޝެއްޓީ އާއި ރާހުލް އަކީ މިހާރު ވަރަށް ގާތް ދެ އެކުވެރިންކަން ރާހުލްގެ އެންމެ ފަހުގެ ޕޯސްޓް ތަކުންވެސް އެނގިގެންދެއެވެ. އާތިޔާ ޝެއްޓީ މިހާރު ފިލްމުކުޅެން ފަށާފައި ވާއިރު އޭނާގެ ކޮއްކޮ އަހާން ޝެއްޓީވެސް މިހާރު ވަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރު ވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.