މިދިޔަ އަހަރު 80 މިލިޔަން ރުފިޔާއާއި، ރޮލެކްސް ގަޑިއެއް ހޯދަން އެދިފައިވާނެ: ޕީޖީ

މިދިޔަ އަހަރު 80 މިލިޔަން ރުފިޔާއާއި، ރޮލެކްސް ގަޑިއެއް ހޯދަން އެދިފައިވާނެ: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 12:36
0

މިދިޔަ އަހަރު މަނީލޯންޑަރިންއާއި ގުޅުންހުރި 26 މައްސަލައެއްގައި 70 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެކަމަށް ޕްރޮސެކއިޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ލަގްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއެއްވެސް ހޯދުމަށް ވަނީ އެދިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލަތަކުގައި 70 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާއި ގުޅުންހުރި 10 މިލިޔަނށްވުގެ ގިނަ ރުފިޔާވެސް ހޯދުމަށް އެދިފައިވާނެކަމަށެވެ.

ޕީޖީ ވިދާޅުވީ ފާއިތުވެދިޔަ އަހަރު ދައުލަތަށް ގެއްލުންވި ފައިސާގެ ބޮޑު އަދަދެއް ހޯދުމަށް އެދިފައިވާއިރު، 2019 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް އެވެސް ކޭސްއެއް ހުށަހަޅާފައި ނުވާނެކަމަށެވެ.

ޕީޖީ މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، މަނީލޯންޑަރިންގެ މައްސަލަތަކުގައި ގިނަ ދައުވާތަކެއް މިހާރުވެސް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ތާވަލްކޮށް، ނިހާނުގެ ވަކީލުން އެދިގެން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދަޢުވާގައިވަނީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.

މަނީލޯންޑަރިންގެ މައްސަލަތަކުގައި ގިނަ ބައެއްގެ މައްސަލަތައް މިހާރުވެސް ތަހުގީގް ކުރަމުންދާއިރު، މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މަނީލޯންޑަރިން އާއި ގުޅުންހުރި އިތުރު މައްސަލަތަކެއްގައިވެސް މިހާރުދަނީ ތަހުގީގްތައް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

F Folhi
NASHEED ge siyasee hayai nimemundhanee. Beynunvanee kuda hiyvareh. Lakka dhuvahu nasheed ge kurimagah MDP ge membarun qruban kurevijje.