ކޯވިޑް-19: އިތުރު 30 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 30 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 10:12
0

ރާޢްޖެއިން އިތުރު 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 30 މީހެކެވެ. މީގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަތޮޅުތެރެއިން 7 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރެއިން 18 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 12 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،421 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. މިއާއިއެކު ރާއްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ 905 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 44 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،472 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.

ކޯވިޑް19 މިވަގުތު ރާއްޖެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 39 މީހަކަށެވެ. އައިސޮލޭޝަންގައި 321 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.