ވިިރާޓާއި އަނުޝްކާގެ ދަރިފުޅަށް 6 މަސް ފުރުން ފާހަގަކޮށްފި

ވިިރާޓާއި އަނުޝްކާގެ ދަރިފުޅަށް 6 މަސް ފުރުން ފާހަގަކޮށްފި

Author
ފާތިމަތު ނާވީ
14 ޖުލައި 2021 10:51
0

ދަރިފުޅަށް ހަމަސް ފުރުމުގެ އުފަލުގައި އެކަން ފާހަގަ ކޮށް ފިލްމީތަރި އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. ނަމަވެސް މިއިން އެއްވެސް ފޮޓޯއަކުން ކުޑަކުޑަ ވަމިކާގެ މޫނު ފެނިގެންނެއް ނުދެއެވެ.

ވަމިކާއަށް ހަމަސް ފުރުން ފާހަގަ ކުރުން މާ ކުލަގަދަކޮށް ބާއްވާފައި ނުވިނަމަވެސް މި ފޮޓޯތަކުން ފެންނަނީ މި ދެމަފިރިން ދަރިފުޅާއި އެކު ޕާކެއްގައި ޕިކްނިކް ކުރަނިކޮށެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ވަމިކާ އުފަންވެފައިވަނީ މި އަހަރުގެ ފެބްރުވަރީ 11 ގައި އެވެ. ވަމިކާ ގެ މޫނު ފެންނަ މާ ސާފު ފޮޓޯއެއް މި ވީހާތަނަކަށް އަދި މީޑިއާއަށް ތިލަ ވެފައެއް ނުވެއެވެ. ވިހެއުމުގެ ކުރިން ވެސް އަނޫޝްކާ ބުނަމުންދިޔައީ ދަރިފުޅު ކެމެރާތަކާއި ވީހައިވެސް ދުރުގައި ގެންގުޅެން ބޭނުންވާކަމަށެވެ.

ހަމަ އެހެންމެ އަނުޝްކާ އަދި ވިރާޓްވަނީ ވަމިކާ އުފަންވިތަނާ ހުރިހާ މީޑިއާ ތަކަކަށް ހަދިޔާ ފޮއްޓެއް ފޮނުވައި، ދަރިފުޅުގެ ޕޮޓޯ ނުނެގުމަށް ރިކުއެސްޓްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.