އިލްޔާސް އަށް މައުލޫމާތު ދިންމީހާ ފުލުހުންނަށް މައުލޫމާތު ނުދިނީކީއްވެ؟

އިލްޔާސް އަށް މައުލޫމާތު ދިންމީހާ ފުލުހުންނަށް މައުލޫމާތު ނުދިނީކީއްވެ؟

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2021 02:04
0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު މެމްބަރު އިލްޔާސް އާއި ހިއްސާކުރި މީހާ، ފުލުހުންނާއި މައުލޫމާތު ހިއްސާ ނުކުރީ ކީއްވެތ ޯކުރީގެ ބްރިގެޑިޔާ ޖެނެރަލް އިބްރާހިމް ދީދީ ސުވާލު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށައިފައެވެ. ފުލުހުން މާރިޔާއާއި، އިލްޔާސްގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، ބްރިގޭޑިޔާ ދީދީ ވިދާޅުވީ އިލްޔާސްއަށް މައުލޫމާތު ދިން މީހާއަށްވެސް ޤަނޫނު ހިންގެން ޖެހޭކަމަށެވެ. އެމީހާއަށް ލިބުނު މައުލޫމާތު ފުލުހުންނާއި ހިއްސާ ނުކުރި ސަބަބުވެސް ހޯދަންޖެހޭކަމަށް ދީދީ ވިދާޅުވިއެވެ.

މެމްބަރު އިލްޔާސް ލަބީބަށް މައުލޫމާތު ދިން މީހާ ފުލުހުންނަށް މައުލޫމާތު ނުދިނީ ކީއްވެބަ؟ އެމީހެއްގެ މައްޗަށްވެސް ޤާނޫނު ހިންގެންވާނެ.

– ބްރިގޭޑިއާ އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

އެ ގާނޫނުގައި ބުނާ ގޮތަށް ޓެރަރިޒަމްގެ އަމަލަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ދޭންވާ ފަރާތަކަށް ނުދީ އޮއްވައި އެފަދަ ކަމެއް ހިނގައި މީހަކު މަރުވެއްޖެ ނަމަ އިހުމާލުވި ފަރާތެއް 5-7 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ 3-5 އަހަރަށް ޖަލަށް ލެވޭނެ އެވެ. މީގެ އިތުރުން މުދަލަށް ލިބޭ ގެއްލުމަށް ބަލައި 100،000ރ. އާއި 500،000ރ. އާ ދެމެދުން ޖޫރިމަނާކުރުމާއި އެހެން ހާލަތްތަކުގައި ގިނަވެގެން ހަ މަހަށް ޖަލަށް ލުމަކީ ވެސް ކަނޑައަޅާފައިވާ އަދަބުތަކެވެ.

އެ ހަމަލާދިނުމުގެ ކުރިން އިލްޔާސް ވަނީ މާރިޔާއާ ގުޅުއްވައި ނަޝީދަށް ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމުގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ. އެ ވާހަކަ، އިލްޔާސް ގާތުގައި ވިދާޅުވީ އޭނާގެ ރައްޓެއްސެކެވެ. ނަމަވެސް މާރިޔާ އެކަން ފުލުހުންނާއި ސިފައިންނަށް ހިއްސާކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.