އެމްއާރުއެމްއިން ވަކިވި، ކަމާލުއްދީން ޕާޓީއެއް ހެދުމަށް ހުށަހަޅައިފި

އެމްއާރުއެމްއިން ވަކިވި، ކަމާލުއްދީން ޕާޓީއެއް ހެދުމަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 01:16
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ވަކިވުމަށްފަހު ކުރީގެ ހޯމް މިިނިސްޓަރ އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީއެއް ހެދުމަށް ހުށަހެޅުމަށްފަހު ކަމާލުއްދީން އާންމުކުރި ސިޓީއެއްގައި ބުނެފައިވަނީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށެވެ. މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ
ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން އަޅުގަނޑާއި އެއް ޚިޔާލެއްގައި، އެއް މަޤްޞަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (NATIONAL SOLIDARITY PARTY) ގެ ނަމުގައި، އައު ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް، އަޅުގަނޑު މިއަދު ހުށަހަޅައިފިން.

ކަމާލުއްދީން ވިދާޅުވީ ޕާޓީއާ ގުޅޭ އިތުރު މަޢުލޫމާތު، އިލެކްޝަން ކޮމިޝަނުން ޕާޓީ އުފެއްދުމަށް ހުއްދަ ދެއްވުމުން ޙިއްސާ ކުރައްވާނެކަމަށެވެ.

ކަމާލުއްދީން ޕާޓީއެއް ހަދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި މިވަނީ، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.