އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަރުހަބާ ޖީހާންއަށް

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަރުހަބާ ޖީހާންއަށް

އެމް.ޑީ.ޕީ.ގެ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޖީހާން މަޙްމޫދު، އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާތީ އެމް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ،

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފައިވަނީ ޖީހާން މަޙްމޫދު ހޮވިވަޑައިގަތްކޮމެޓީ އަކީ އައިޕީޔޫގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުޙިއްމު އެއް ކޮމެޓީކަމަށެވެ. އެ ކޮމެޓީއަކީ ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލެވިފައި އޮންނަ ކޮމެޓީއެއް ކަމުގައެވެ. ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް އަށް ހުރި ގޮންޖެހުންތަައް އެ ކޮމެޓީން ދެނެގަނެ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުމުން، މުޅި އައިޕީޔޫގެ މެމްބަރުންގެ މެދުގައި ޤަރާރުތަކެއްގެ ގޮތުގައި އެކަންކަން ފާސްކޮށް، އެ ގޮތުން ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް ކުރިއެރުވުމަށް އެ ކޮމެޓީން މަސައްކަތްކުރަމުންދާކަމަށް ބަޔާނުގައިވެއެވެ.

ޖީހާން މަޙްމޫދު އައިޕީޔޫ ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީއަށް ހޮވިވަޑައިގެންފައިވާއިރު، މީގެ ކުރިން އައިޕީޔޫގެ މުޅި އޭޝިއާ ޕެސިފިކްގެ ސަރަޙައްދު ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވެސް ހޮވިވަޑައިގެންފައިވެއެެވެ.

އެ.މް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުން ޔަޤީންކުރަނީ ޖީހާން މަޙްމޫދު، އައިޕީޔޫ ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *