މާލޭގައި ތޫނުއެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި ތޫނުއެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްލައިފި

Author
ޢަލީ އާދަމް
10 ޖުލައި 2021 11:10
0

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ބޮލަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މަންޒަރުދުށް މީހަކު ބުނީ ސައިކަލްތަކެއްގައި އައި ގްރޫޕަކުން ވަޅިން ހަމަލާދީފައި ވަނީ ގަލޮޅު "ކަރާގެ ގޯޅި" ސަރަހައްދުގައި ހުރި މީހަކަށެވެ. އޭނާގެ ބޮލަށް ވަޅި ޖެހުމުން ވަރަށް ގިނައިން ބޮލުން ލޭ އަންނަމުން ދިޔަ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ނަމަވެސް ހަމަލާ އަމާޒުވީ މީހާގެ ހާލު ކިހާސީރިއަސް ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ ގަލޮޅުގައި މާރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އަނިޔާވި މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

ވަޅިން މީހަކަށް ހަމަލާ ދިން ގޭންގްގެ މީހުން ވަނީ ހަމަލާ ދިނުމަށް ފަހު ސައިކަލްތަކުގައި އެސަރަހައްދުން ފިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.