ކޯވިޑަށް ޕޮޒިޓިވް އަދަދު 55 އަށް ދަށްވެއްޖެ

ކޯވިޑަށް ޕޮޒިޓިވް އަދަދު 55 އަށް ދަށްވެއްޖެ

Author
ޢަލީ އާދަމް
09 ޖުލައި 2021 10:04
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 55 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއީ ގާތްގަނޑަކަށް 2 މަސް ދުވަސް ފަހުން މިހާދަށަށް ޕޮޒިޓިވް އަދަދު ދިޔަ ދުވަހެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 55 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 25 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 74،903 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،801 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 26 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 119 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 71،877 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،580 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 213އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 195 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.