އޮޑިޓަރ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަން ކުރަން ރުހުންދީފި

އޮޑިޓަރ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަން ކުރަން ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2021 04:40
0

އޮޑިޓަރ ޖެނަރަލްގެ މަޤާމަށް ޙުސައިން ނިޔާޒީ އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ޙަސަން ޒިޔަރު އޮޑިޓަރ ޖެނަރަލްގެ މަޤާމުން އިސްތިއުފާދެއްވުމާއެކު، ހުސްވެފައިވާ މަގާމަށް ނިޔާޒީ އައްޔަންކުރަން ކޮމިޓީން ފާސްކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ނިޔާޒީ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 63 މެމްބަރުންނެވެ.

އޮޑިޓަރ ޖެނަރަލްގެ މަގާމަށް، ގ.އައިފަ، ހުސައިން ނިޔާޒީ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ. ނިޔާޒީ މިހާރު ހުންނެވީ އޮޑިޓް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމުގައެވެ. އެ އޮފީހުގެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ވެސް މިވަގުތު ހުންނެވީ ނިޔާޒީ އެވެ.

ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސީނިއާ ޗާޓާޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.