ވިޔަފާރި ކުރުމަށްފަހު ތަކުރާރުކޮށް ސައްހަނޫން ސްލިޕް ފޮނުވާފައިވާ މައްސަލައިގައި މީހަކު ހޯދަނީ

ވިޔަފާރި ކުރުމަށްފަހު ތަކުރާރުކޮށް ސައްހަނޫން ސްލިޕް ފޮނުވާފައިވާ މައްސަލައިގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
08 ޖުލައި 2021 02:09
0

ވިޔަފާރި ކުރުމަށްފަހު ތަކުރާރުކޮށް ސައްހަނޫން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހުން ހޯދުމަށް އިލއުލާންކޮށްފައިވަނީ ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް (32އ)އެވެ. ފުލުހުން ވަނީ އޭނާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޖުލައި 15 ވަނަ ދުވަހުގެ 16:00 އަށް ހާޒިރުވުމަށް އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.