ފާޚާނާކުރަން ތަށިމަތީގައި އިށީނުމާއެކު، ފޫކޮޅުގައި ދަތް އެޅީ ފާޚާނަ ތަށިތެރޭގައި އޮތް ހަރުފަ

ފާޚާނާކުރަން ތަށިމަތީގައި އިށީނުމާއެކު، ފޫކޮޅުގައި ދަތް އެޅީ ފާޚާނަ ތަށިތެރޭގައި އޮތް ހަރުފަ

Author
ހުސެއިން
08 ޖުލައި 2021 06:49
0

އޮސްޓޭރޭލިއާގައި، ފާޚާނާ ތަށިތެރޭގައި އޮތް 5 ފޫޓު (1.6 މީޓަރު)ގެ ބޮޑު ހަރުފައެއް، ފާޚާނާކުރަން މީހަކު ތަށީމަތީގައި އިނުމާއެކު އޭނާގެ ފޫކޮޅުގައި ދަތް އަޅައިފިއެވެ.

އުމުރުން 65ގެ ވޯލްޓަރ އެހާރޓް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ފާޚާނާއަށްވަނީ، އާންމުކޮށް ވެސް ފާޚާނާ ބޭނުންކުރާ އުސޫލުން ފާޚާނާ ބޭނުން ކުރުމަށެވެ. އަދި އޭނާއަށް ފާޚާނަ ތަށިތެރޭގައި ބޮޑު ހަރުފައެއް އޮތްކަން ފާހަގަވީ ހަރުފަ އޭނާގެ ފޫކޮޅުގައި ދަތް އަޅައިގަތް ހިސާބުންނެވެ.

"އާންމުކޮށް އަހަރެން ފާޙާނަ ބޭނުން ކުރާ އުސޫލުން، ފާޚާނާއަށް ވަނުމަށްފަހު، ބޮކިތައް ދިއްލާ، ދެން ފާޚާނަ ތަށިމަތީގައި އިށީންތަނުން ކުއްލިއަކަށް ސިއްސައިގެން ދިޔައީ، އެއްޗެއް ފޫކޮޅުގައި ދަތްއެޅުމުން. އަދި އަހަރެންނަށް އޭނާ އަހަރެންގެ ގައިގައި ދަތް އަޅާއިފިކަން ޔަގީންވީ ތަޅުންމަތިން އަހަރެންނަށް ލޭ ފެނުމުން،" ވޯލްޓަރ ކިޔައިދީފައި ވެއެވެ.

ހަރުފަ އޮތީ ތަށީގެ އެތެރެއަށް ދެމިގެންފައި

ފާޚާނާ ތަށިތެރެއިން ހަރުފަ ނެގި ފަރާތްތަކުން ބުނެފައިވަނީ، ތަށީގެ އެތެރެއަށް ދެމިގެން ގޮސްފައި އޮތް ހަރުފަ ތަށީގެތެރެއިން ނެގުންވީ ވަރަށް އުދަގޫ މަސައްކަތަކަށް ކަމުގައެވެ. ސަބަބަކީ، ތަށިގެ ތެރެއަށް ހަރުފަ ވަދެގެން އޮތް އިރު، ފެންނާން އޮތީ ހަރުފަގެ ބޯ އެކަނި ކަމަށް ވާތީއެވެ. އަދި ހަރުފަ މަސައްކަތް ކުރަމުންދިޔައީ، ފާޚާނަ ތަށިގެ ތެރެއިން ލާފަ، ފާޚާނާ ހޮޅީގެ އެތެރެއަށް ދެމިގަތުމަށް ކަމަށްވެސް، ހަރުފަ ސަލާމަތްކުރި ފަރާތްތަކުން ބުނެފައި ވެއެވެ.

މި ހަރުފައަކީ ކައިރީގަ ހުރި އަވައްޓެރިއާގެ ގޭގައި ގެންގުޅެމުން އަންނަ 11 ހަރުފައިގެ ތެރޭގައި ހިމެނޭ އެއް ފަރުފައެވެ. އަދި، މިހާދިސާއާއި ގުޅިގެން، މީހަކަށް އަނިޔާ ދިނުމުގެ ތުހުމަތު ހަރުފައިގެ ވެރިފަރާތުގެ މައްޗަށް ކުރެވި، މައްސަލަ ދަނީ މިހާރު ތަހުގީގު ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.