ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 2 ލައްކަ އިން މައްޗަށް!

ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 2 ލައްކަ އިން މައްޗަށް!

Author
ޢަލީ އާދަމް
07 ޖުލައި 2021 10:28
0

ކޯވިޑުން ރައްކާތެރިވުމަށްޓަކާ ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 2 ލައްކައިން މައްޗަށް އަރައިފި އެވެ.

ރާއްޖޭގައި މިހާރު ވަނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާފަ އެވެ. މިއާއެކު ވެކްސިން ފުރިހަމަ ކުރާ މީހުންގެ އަދަދު މިވަނީ މައްޗަށް ޖެހިލާފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި 206،245 މީހުން ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު އިއްޔެ އެކަނިވެސް 6،461 ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 5051 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 1410 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު އިއްޔެ 213 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 99 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 114 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 317،762 އަށް އަރާފަ އެވެ.

މުޅި ރާއްޖޭގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، ކޮވިޝީލްޑްގެ ދެވަނަ ޑޯޒްވެސް މިހާރު ވަނީ އަލުން ޖަހަން ފަށާފަ އެވެ. އެގޮތުން މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން އެޗްޕީއޭއިން ކުރިއަށްގެންދެ އެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް މާލެސަރަހައްދުގައި 2 މޮބައިލް ޓީމް ހަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޤ ޤާސިމް
ޢަނެއްކާ ދިވެހީން ގަޔަށް ޖަހާ އަދަދު ތަ ތީ. ސާފެއް ނުވޭ