ކޯވިޑް ފިޔަވަޅުތަކަށް މިއަދު އިތުރު ލުއިތަކެއް ދެނީ

ކޯވިޑް ފިޔަވަޅުތަކަށް މިއަދު އިތުރު ލުއިތަކެއް ދެނީ

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2021 12:46
0

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއް އިތުރު ލުއިތަކެއް މިއަދު އިއުލާންކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަދު 14:30 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ދޭން ނިންމާފައިވާ ލުއިތައް އިއުލާންކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްގެ އިތުރުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ބައިވެރިވެވަޑައިގެންނަވާނެކަމަށެވެ.

ކޯވިޑާއި ގުޅިގެން ދަނީ ލުއިތައް ދެމުންނެވެ. އެގޮތުން ކޯވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.