އަލިފުށި ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށްނަގާފައިވާ ކަމަށް މި ޖުލައި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.
އެގޮތުން، ޖުލައި 5 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19،000 ރުފިޔާ ހޯދާފައިވެއެވެ. އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންދކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ