ރިޔާސީ ނިޒާމަށް އިހުތިރާމުކޮށް އެނިޒާމު ދަމަހައްޓަންޖެހޭ: ޑރ.ޑީޑީ

ރިޔާސީ ނިޒާމަށް އިހުތިރާމުކޮށް އެނިޒާމު ދަމަހައްޓަންޖެހޭ: ޑރ.ޑީޑީ

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2021 08:38
0

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ނިންމާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު، އެނިޒާމު ނަގަހައްޓަހައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވަނީ  2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ސިޔާސީ ގިނަ ބޭފުޅުންގެ ރައްދު ދަނީ ރައީސް ނަޝީދަށް ދެމުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ ވިދާޅުވީ ރާއްޖޭގައި ފެންނަން އޮންނަ ނިޒާމެއް ކަނޑައެޅީ ދިވެހި ރައްޔިތުންގެ ވޯޓަކުން ކަމުގައެވެ. ރައްޔިތުންގެ ވޯޓުން ނިންމާ ކަންކަން ބަދަލުވާންޖެހޭނީވެސް ރައްޔިތުންގެ ނިންމުމަކުންކަމަށެވެ. ނަމަވެސް ރައްޔިތުން މިހާރު އޮތް ނިޒާމާއިމެދު އެއްވެސް ކަންބޮޑުވުމެއް ނެތްއިރު އެނިޒާމު ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކީ ޒިންމާދާރުކަން ކުޑަކަމެއްކަމުގައި ޑރ.ޑީޑީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރަންޖެހޭ ކަމަކީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމުގައެވެ.

ނިޒާމުގެ މައްސަލަ އުޅޭކަމަށް ރައްޔިތުން ވާހަކަ ދައްކާ މަންޒަރެއް ނުފެނޭ! ރައްޔިތުންގެ ވޯޓަކުން ނިންމަފައިވާ ރިޔާސީ ނިޒާމަށް އިހުރިރާމުކޮށް އެނިޒާމު ޒިންމާދާރު ކަމާއިއެކު ދެމެހެއްޓުން މުހިންމު.

– ޑރ.ޑީޑީ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު
އަންނިޔަކައް ނިޒާމު ބަދަލުނުވާނެ އަންނިތިޔައީ މިޤައުމުގެހަލާކު މިޤައުމަށް ޖެހިފައޮތް ލާދީނީ މުސީބާތެއް