ވެރިކަމަށް ފައިނަގަންވާނީ އެކަމަށް ކުފޫ ހަމަވާ ބަޔަކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ޝައިޚު އަލީ ޒައިދު ނަޝީދަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ، ރޭ އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައީސް ނަޝީދު ނަޝީދު، 2023ގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. މީގެ އިތުރުން 2023 ގެ ރިޔާސީ އިންތިޚާބަކަށް ދިއުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވަނެ ކަމަށާއި އެހާލަތުގައި ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކަފުޅުތަކަށް ފާޑު ވިދާޅުވެ ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކުރީ ދައުރެއްގައި ޤައުމުވެއްޓުނު އަނދަވަޅު ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި ދެން އަލުންއެކަން ތަޖުރިބާކުރާކަށް ދިވެހިން ބޭނުން ނުވާކަމަށް ޒައިދު ވިދާޅުވިއެވެ
"ހަމަނުޖެހުމާ ފަސާދަޔާ ތަޅާނެ ކުދިންކޮޅަކާ މިފަދަ ނުބައި ކަންކަމަކަށް ތާއީދެއް ނުކުރެވޭނެ"
– އަލީ ޒައިދު
ވެރިކަމަށް ފައިނަގަންވާނީ އެކަމަށް ކުފޫ ހަމަވާ ބަޔަކު! ކުރީ ދައުރެއްގައި ޤައުމުވެއްޓުނު އަނދަވަޅު ފެނިގެން ހިނގައްޖެ! ދެން އަލުންއެކަން ތަޖުރިބާކުރާކަށް ދިވެހިން ބޭނުމެއްނޫން! ހަމަނުޖެހުމާ ފަސާދަޔާ ތަޅާނެ ކުދިންކޮޅަކާ މިފަދަ ނުބައި ކަންކަމަކަށް ތާއީދެއް ނުކުރެވޭނެ!
— Ali Zaid (@alizaid1000) July 6, 2021
ޝައިޚު އަލީ ޒައިދަކީ ރައީސް ނަޝީދުގެ އެކިއެކި ވާހަކަފުޅުތަކާއި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ލާދީނީ ގޮވާގޮތުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރުކޮށް އޭގައި ސޮއިކުރަން ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ވެސް އަލީ ޒައިދު މީގެކުރިން ވަނީ ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް ޝައިޚު އަލީ ޒައިދު ފާހަގަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ތާޢީދުކުރައް ވާހަކަދައްކަވާ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ