ޝުޖާޢު ނަޝީދަށް: ރައީސް ޔާމީނަށް ވާދަކުރެވެން ވާނޭ ކިޔާ، ކޯޓްތަކަށް ނުފޫޒު ފޯރުވީ ތިބޭފުޅުން ނޫންތޯ؟

ޝުޖާޢު ނަޝީދަށް: ރައީސް ޔާމީނަށް ވާދަކުރެވެން ވާނޭ ކިޔާ، ކޯޓްތަކަށް ނުފޫޒު ފޯރުވީ ތިބޭފުޅުން ނޫންތޯ؟

Author
މުޙައްމަދު ޖިމީ
06 ޖުލައި 2021 01:14
0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން، ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާޢު (ބާރަށު ޝުޖާ) ހޫނު ރައްދެއްދެއްވައިފިއެވެ.

ރޭ އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް އެއްވެސް އިރެއްގައި ދެރަގޮތެއްވާން ނޭދޭކަމަށާއި، ރައީސް ޔާމީނަސްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅާިއ ގުޅިގެން ރައްދު ދެއްވަމުން ޝުޖާޢު ވަނީ، ރައީސް ޔާމީނަށް ވާދަކުރެވެން ވާނޭ ކިޔާ، އެމަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވާ، ކޯޓުތަކަށް އަތް ބާނާ ހެއްދެވީ އެބޭފުޅުންކަމަށް ވިދާޅުވެފައެވެ. ހަރާމް ހުކުމެއް އިއްވީ ގަސްތުގައި ރާވައިގެން ނޫންތޯ ސުވާލުކުރައްވާ ޝުޖާޢު ވިދާޅުވީ، ޙައްޤަށް ނަޝްރު ލިބޭނެކަމަށެވެ.

ހުންނަ ލަދުކުޑަކަން ނިކަން ދެކެބަލަ.ރައީސް ޔާމީން އަށް ވާދަކުރެވެން ވާނޭ ކިޔާ،އެމަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވާ،ކޯޓުތަކަށް އަތް ބާނަނީ ތިބޭފުޅުން ނޫންތޯ؟ހަރާމް ހުކުމެއް އިއްވީ ގަސްތުގައި ރާވައިގެން ނޫންތޯ؟އިންޝާالله ހައްޤަށް ނަޝްރު ލިބޭނެ.

– އިބްރާހީމް ޝުޖާޢު

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމާއި ގުޅގެން، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެއެވެ. ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.