ވަގު އެކައުނަޓްތަކުން މީހުންގެ އަބުރައް އަރައިގަންނަ މީހުން، މިހާރު ހޯދޭނެކަން އެނގިއްޖެ: ދީދީ

ވަގު އެކައުނަޓްތަކުން މީހުންގެ އަބުރައް އަރައިގަންނަ މީހުން، މިހާރު ހޯދޭނެކަން އެނގިއްޖެ: ދީދީ

Author
މުޙައްމަދު ޖިމީ
06 ޖުލައި 2021 01:01
0

ވަގު އެކައުނަޓްތަކުން މީހުންގެ އަބުރައް އަރައިގަނެ، ދޮގު އިލްޒާމް އަޅުވާ މީހުން ފުލުހުން ނަށް ހޯދޭނެ ކަން މިހާރު ހާމަވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ (ދީދީ) ވިދާޅުވެއްޖެއެވެ.

އިބްރާހީމް މުޙައްމަދު ދީދީ މިހެން ވިދާޅުވީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުން ޓްވީޓް ކުރީ އެމްޑީޕީގެ މެމްބަރު މުހައްމަދު އިނާދުކަން ހާމަވެފައިވާތީއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިނާދުގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހާދީފައެވެ.

މިކަމާއި ގުޅިގެން އިބްރާހީމް ދީދީ ވިދާޅުވީ، "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުން ޓްވީޓްކުރި މީހާ ހައްޔަރުކޮށްފައިވާއިރު،  ވަގު އެކައުނަޓް ތަކުން މީހުންގެ އަބުރައް އަރައިގަނެ ދޮގު އިލްޒާމް އަޅުވާ މީހުން ފުލުހުން ނަށް ހޯދޭނެކަން މިހާރު އެނގޭކަމަށެވެ.

ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މި މީހާ ހައްޔަރުކޮށް ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދަވާކަމަށެވެ. އަދި މި އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަންވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނުމުން މިހާރު އެތަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެޕާޓީގެ މެމްބަރެއްކަމަށެވެ. އަދި އެ މީހާގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލައި، އެނާ އެމްޑީޕީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރިޓްވީޓް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށާއި، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.