ހދ.ހަނިމާދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަސް ފަށާފައިވާމަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ، ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ. އަދި ހިނގާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 80 ޕަސެންޓް މިހާރުވަނީ ނިމިފައި. އަދި ހިނގާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/pz51ERnWwj
— MTCC Plc (@MTCCPlc) July 6, 2021
ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީން ބުނީ، ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
ހަނިމާދޫ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްގޮސްފައިނުވާތީ، މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން އަލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް 15 ޖޫން 2019 ގައި އެކުންފުނިން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ