ޝާހްރުކް ޚާންގެ ކުރިއަށް އޮތް ބޮޑު ފިލްމް "ޕަތަން"ގެ ޝޫޓިންއާ ފިލްމުގެ ލީޑް ދިޕިކާ ޕަޑްކޯން ގުޅިއްޖެ އެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ޝޫޓިންތައް ލަސް ވެފައިވަނީ ކޯވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.
ނަމަވެސް މީގެ 2 ހަފްތާ އެއްހާ ދުވަސް ކުރިން ފިލްމު ޝޫޓިންގ ވަނީ މުމްބައި ޔަޝްރާޖް ސުޓޫޑިއޯގައި އަލުން ފަށާފައެވެ. އެއާއެކު ޝާހްރުކްގެ އިތުރުން ފިލްމުގެ އަނެއް ތަރި ޖޯން އަބްރަހަމްވެސް ވަނީ ފިލްމުގެ ޓީމާއި ގުޅި، ޝޫޓިންތަށް ކުރިއަށް ގެންގޮސްފަ އެވެ.
ކުރިއަށް އޮތް 15-20 ވަރަކަށް ދުވަހު ދީޕިކާ މި ފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދާނެއެވެ. އެއަށް ފަހު "ޕަތަން" ގެ ޓީމުން ޔޫރަޕްގެ ބައެއް ގައުމު ތަކުގައި ވެސް ޝޫޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި ހަމަ އެހެންމެ ޔޫރަޕުގައި ނަގަން ޝެޑިއުލް ކޮށްފައިވާ ބައެއް މަންޒަރު ތަކުގައި ސަލްމާން ޚާން ބައިވެރިވާނެ ކަމަށް ހަބަރުތަށް ބުނެއެވެ. މި ފިލްމުން ސަލްމާން ހާއްސަ ފެނިލުމަކުން ފެނިގެން ދާނެއެވެ.
2018 ގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު މި ފިލްމަކީ ޝާހްރުކް ބޮޑު ސްކުރީނުން ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.
ކޮމެންޓު ފޮނުވާ