ޑރ.މައުސޫމް އެމްޑީޕީގެ ޖަލްސާއެއްގެ ހަނދާންތައް އާކުރައްވައިފި

ޑރ.މައުސޫމް އެމްޑީޕީގެ ޖަލްސާއެއްގެ ހަނދާންތައް އާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2020 01:16
0

ޓުވަރިޒަމް މިނިސްޓަރުގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އައްޔަން ކުރައްވާފައިވާ ޑރ.އަބްދުﷲ މައުސޫމް 2013 ވަނަ އަހަރު ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީ ޖަލްސާއެއްގެ ހަނދާން އާކުރައްވައިފިއެވެ.

އޭރުގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޑރ.މައުމޫސުމް އިންނެވީ މިހާރުގެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި ޖެހިގެންނެވެ. އާޒިމްއާއި މައުސޫމްއަކީ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީ ޒަމާނުން ފެށިގެން ވަރަށް ގާތް ކޮށް މަސައްކަތް ކުރައްވާފައިވާ ދެބޭފުޅުންނެވެ.

ޑރ،މައުމޫސޫމް އެމްޑީޕީގެ ސެކްރެޓިއޭޓް ޓެގްކޮށް މިއަދު މިފޮޓޯގެ ހަނދާން އާކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައި އޮތް ހެލްތު މިނިސްޓަރުގެ މަޤާމް އެމްޑީޕީއަށް ދިން މައްސަލާގައި ކޯލިޝަން ތެރޭގައިވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ. ރައީސް ޞާލިހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރުމަށް ތިން ބޭފުޅެއްގެ ނަން ފޮނުވާފައި ވީނަމަވެސް ރައީސް ޞާލިހު އެނަންތައް ގަބޫލު ކުރައްވާފައި ނުވެއެވެ.

ކޯލިޝަނާއިމެދު އެމްޑީޕީގެ ގިނަ މެމްބަރުން ޚާއްސަކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވަރަށްބޮޑަށް ސުވާލު އުފައްދާފައެވެ. އަދި ކޯލިޝަނާއިއެކީ ވެރިކަން ނުކުރެވޭނެކަމަށްބުނެ އެމްޑީޕީގެ މެމްބަރުންދަނީ ފާޑުވިދާޅުވަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.