ޢަލީ ޒާޙިރުގެ ރައްދު: އެމްއެންޔޫގެ ދަރިވަރުންނަކީ ޤައުމު ބިނާކުރާ ބައެއް، ފަނާކުރާ ބައެއް ނޫން!

ޢަލީ ޒާޙިރުގެ ރައްދު: އެމްއެންޔޫގެ ދަރިވަރުންނަކީ ޤައުމު ބިނާކުރާ ބައެއް، ފަނާކުރާ ބައެއް ނޫން!

Author
މުޙައްމަދު ޖިމީ
04 ޖުލައި 2021 02:45
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަކީ ޤައުމު ބިނާކުރާ ބައެއްކަމަށާއި، އެއީ ފަނާކުރާ ބައެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ލެކްޗަރާގެ އިތުރުން ފެކަލްޓީ އޮފް ޝަރިއާއެންޑް ލޯގެ ކުރީގެ ޑީން ޝެއިހު އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވެފައިމިވަނީ، ގައުމީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން އަފީފް ވިދާޅުވެފައިވަނިކޮށެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ، ޤައުމީ ޔުނިވާސިޓީގެ ގެ ދަރިވަރުންނަކީ މުޅި ޤައުމު ފަޚުރުވެރިވާ ބައެއްކަމަށާއި، އެއީ ޢިލްމާއި ހުނަރުގައި އަރާތިބި ބައެއްކަމަށެވެ. އެކުދިންނަކީ ޤައުމު ބިނާ ކުރާ ބައެއްކަމަށާއި، ފަނާ ކުރާ ބައެއް ނޫންކަމަށް ވިދާޅުވެ ޢަލީ ޒާހިރު ވަނީ، ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިން ޤައުމަށް ޚިދުމަތް ކުރާތަންކަމަށް ހާމަކުރައްވާފައެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވެފައިވާއިރު، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ “މެއި ހައެއް” ކޮމިޓީގެ މުގަރިރު ހަސަން އަފީފް، ގައުމީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ވިދާޅުވެފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްއެންޔޫގައި ހަރުކަށި ފިކުރެއްނެތް، އަފީފް ހެއްދެވީ އިތުރުފުޅު: ޝަރީފް

އަފީފްގެ އެ ތުހުމަތުތަކާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު ވިދާޅުވީ ޔުނިވާސިޓީގެ ތަސައްވުރަށް ކިލަނބުކަން ލިބޭ ގޮތަށް އަދި ތަނަށް އޮންނަ އިތުބާރަށް އަސަރު ކުރާ ގޮތަށް ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ވިދާޅުވީ، އެމްއެންޔޫގެ އެއްވެސް ދަރިވަރެއްގެ ފަރާތުން ހަރުކަށި ފިކުރަށް ތާއިދު ކުރާކަން މިހާތަނަށް ތަޖުރިބާ ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޔޫ ކަހަލަ އެތައް ސަތޭކަ ދަރިވަރަކު ކިޔަވަމުންދާ ތަނަކާ މެދު ބޭފުޅަކު ވާހަކަފުޅު ދައްކާއިރު ވިސްނާލުން ވެސް މުހިއްމު ކަމެއް ކަމަށެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުންތަކެއް ތިބި ނަމަ ޔުނިވަސިޓީގެ އިސްވެރިންނަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ޝަކުވާގެ ގޮތުގައި ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ޝަކުވާތަކެއް އަދި އެފަދަ މައްސަލަތަކެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.