ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މަޤާމުން އޭސީޕީ ނަވީން ވަކިކޮށްފި

ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މަޤާމުން އޭސީޕީ ނަވީން ވަކިކޮށްފި

Author
މުޙައްމަދު ޖިމީ
04 ޖުލައި 2021 02:27
0

މާލެ ސަރަހައްދުގެ ފުލުހުންގެ އިސްވެރިޔަކަށް ނުވަތަ ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މަޤާމުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އެ މަޤާމުން ވަކިކޮށްފިއެވެ.

މާލެ ސަރަހައްދުގެ ފުލުހުންގެ އިސް ވެރިޔާގެ މަޤާމުން ނަވީން ވަކިކޮށް، އޭނާ ވަނީ  ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަޤާމަށް ބަދަލުކުރައްވާފައެވެ. ނަވީން ބަދަލުކުރެއްވި އެ މަޤާމަކީ ފުލުހުންގެ ތެރޭގައި އެހާ ބާރުގަދަ މަޤާމެއް ނޫނެވެ.

މާލެ ސަރަހައްދުފެ ފުލުހުންގެ އިސްވެރިޔާގެ މަޤާމުން ނަވީން ވަކިކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގުޅުން އޮންނާތީކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަވީންގެ މަޤާމު ބަދަލުކުރެވުމާއި ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ މަޤާމުން ނަވީން ވަކިކުރައްވާ އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.