ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުއްތައް ދަނީ ފުއްދަމުންކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދިފައިވާކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ވައުދުތައް ދަނީ ފުއްދަމުންކަމަށާއި، ވަޢުދުވީ 5 އަހަރުގެ ދައުރެއްގެތެރޭގައި ކޮށްދޭނެ ކަންކަމަށްކަމަށެވެ.
އިންޝާﷲ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދަވާނެ. އިންޓަރނެޓް މިވަނީ އަގުހެޔޮވެފައި. ޝުކުރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް.
– އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
Vaudhu thah dhanee fuhdhamun. Vaudhu vee 5 aharuge dhauregge therey kohdheyne kankamah. In sha Allah Raees @ibusolih ge riyaasee vaudhu thah fuhdhavaane. Internet mivanee agu heho vefa. Shukuriyya Raees @ibusolih ??? pic.twitter.com/p0q0NG2iaT
— ?? ??????? ???? ? (@Roxeyna) July 4, 2021
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން ވެފައިވާ ވަޢުދުގެ ކުޑަމިންވަރެއްވެސް، ދައުރު ދެބައިވެގެން ދިޔައިރުވެސް ނުފުއްދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިސަރުކާރުން ވަނީ ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރީގެ އެއްވެސް ސަރުކާރަކުން މަޝްރޫޢުތައް ނުހިންގާ މިންވަރަށް މިސަރުކާރުން މަޝްރޫޢުތައް ހިންގާފައިވާކަމަށް ބުނެފައެވެ.
ސަރުކާރުން ވަނީމިމަހުން ފެށިގެން އިންޓަރެނޓްގެ އަގު ހެޔޮވެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަހަރުގެ ޖުލައި މަހު، އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކެޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑް ބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. އަންނަ ޖުލައިއިން ފެށިގެން ދެ އެމްބީޕީއެސްއަށްވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓަލް ސްޕީޑަކީވެސް ދެ އެމްބީޕީއެސް އެވެ.
ކޮމެންޓު ފޮނުވާ