ނަފްރަތު ބިލު ކޮމެޓީން ފާސްކޮށް ތަޅުމަށް، އަދިވެސް ގިނަ ކަންބޮޑުުވުންތަކެއް!

ނަފްރަތު ބިލު ކޮމެޓީން ފާސްކޮށް ތަޅުމަށް، އަދިވެސް ގިނަ ކަންބޮޑުުވުންތަކެއް!

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2021 11:26
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ބޮޑެތި ބަދަލުތަކެއް ބިލަށް ގެނައުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވައިފިއެވެ.

މިބިލު ކޮމެޓީން ފާސްކޮށް ގެނައި އިސްލާހުތައްވެސް ވަނީ މަޖިލިސް ވެބްސައިޓުގައި އާންމުކޮށްފައެވެ. ކޮމެޓީ ރިޕޯޓުގައި ބުނެފައިވަނީ މި ބިލަކީ ޢާންމުންގެ މަޞްލަޙަތު ބޮޑު ބިލަކަށްވުމާއެކު، ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާންކުރުމަށް ހުޅުވާލުމުން ގާތްގަނޑަކަށް 2462 ޚިޔާލު ޢާންމުންގެ ފަރާތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކޮމެޓީއަށް ލިބިފައިވާކަމަށެވެ.

މި ބިލާ ގުޅޭގޮތުން ކޮމެޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ކަމާގުޅޭ މުއައްސަސާތަކުންނާއި ޢާންމުން ފޮނުއްވާފައިވާ ޚިޔާލުތަކަށާއި، ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް ރިޢާޔަތްކޮށް، ކޮމެޓީން ބިލަށް ގެނެސްފައިވާ ބައެއް މުހިންމު އިޞްލާޙުތައްވެސް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން:

ކޮމިޓީން ގެނައި އިސްލާހު:

ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި ޢާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން.

އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން:

ކޮމިޓީން ގެނައި އިސްލާހު:

މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ޤަޞްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ޤަޞްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުން.

ކޮމިޓީން ވަނީ މިމާއްދާގެ 3 އަދި 4 ވަނަ ނަންބަރު އުވާލާފައެވެ. އެމާއްދާތަކުގައި ބުނެފައިވަނީ ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތުކުރުމެވެ.

ބިލުގެ 124 ވަނަ މާއްދާއަށް އިތުރުކުރުމަށް ހުށަހެޅި ބައިތައް:

"ޢާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، ޢާންމުން ހިނގާ ބިނގައިވާ ތަންތަނާއި، އެތަނަކަށް ޢާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، ޢާންމުން
މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ނުވަތަ އެކި ބޭ ނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދޭ ނުވަތަ ޢާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ޚަބަރާއި މަޢުލޫމާތު ޢާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.

"ކުފުރުގެ ޢަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ ޢިލްމުވެރިންގެ މެދުގައި، އެއ ކުފުރުގެ ޢަމަލެއް ނުވަތަ ކުފުރުގެ ބަހެއް ކަމާމެދު
ޚިލާފެއް ނެތް ޢަމަލަށާއި ބަހަށެވެ.

"މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، ދީނީ ޢިލްމުވެރިންގެ މެދުގައި، މުރުތައްދުވުމުގެ ޢަމަލެއްކަމާމެދު ޚިލާފެއް ނެތް ޢަމަލެއް ކުރުމަށެވެ.

ނަފްރަތު ބިލުގެ ކޮމެޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވާފައިވާއިރު، ބިލާއިމެދު ދީނީ އިލްމުވެރިންނާއި، ރާއްޖޭގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މިބިލަށް އިސްލާހު ގެނެސް ތަޅުމަށް ހުށަހަޅާފައިވާއިރު، ދީނީ އިލްމުވެރިން ގެންދަވަނީ ބިލް ފާސްކުރެއްބުމާއި ދެކޮޅު ހައްދަވައި މެމްބަރުން ިބިލް ފާސް ނުކުރެއްވުމަށް ގޮވާލަމުންނެވެ.

ޤާނޫނުލް އުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރުމަށް ހިސާން ހުށަހެޅުއްވި ބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާ މެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.

މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ 1 އަހަރާއި 7 މަސް ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނަ ފުޅު
މިގައުމު ލޭއޮހުރުވުމަކައް ހިގަދާނެ ތިބިލު ފާސްނުކޮށް ތަޅުމުން ބޭރައްލާ