ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް 28 ޖޫން 2021 ވަނަ ދުވަހު ފެށިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް 28 ޖޫން 2021 ވަނަ ދުވަހު ފެށިއްޖެ. މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް. މި މަޝްރޫޢުއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/SDeHY8dYvs
— MTCC Plc (@MTCCPlc) July 4, 2021
ފުޅަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެރަށަށް ވަދެ ނުކުމެވޭ ގޮތަށް ކަނޑުން ނެރު ކަނޑައި، ފަޅުފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު ބޭރު ތޮށިލުމަށް ބޭނުންވާ ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީން ވަނީ ބުނެފައެވެ.
ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާ ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 48.2 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ