މިހާރުވެސް އިންސާފަށް އަދި ރައްޔިތުންކުރާ އާދޭސް ގިނަ: ނިހާދު

މިހާރުވެސް އިންސާފަށް އަދި ރައްޔިތުންކުރާ އާދޭސް ގިނަ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
04 ޖުލައި 2021 09:42
0

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެކި ކަންކަމުގައި އިންސާފު ހޯދުމަށްއެދި ތިބި އެތައް ބަޔަކު ތިބިކަމަށާއި، ނަމަވެސް މިހާރުވެސް އިންސާފު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިންސާފު ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ވަޒީފާގެ މާހަލުގައި ދިމާވާ ކަންކަމުގައި އިންސާފު ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރައް އިޝާރާތް ކުރައްވައި ނިހާދު ވިދާޅުވީ، ކާންބޯން ކުރާ މަސައްކަތުން މީހަކަށް އިންސާފު ނުލިބިގެން އިންސާފު ހޯދުމަށް، ވަޒީފާއާއިބެހޭ ޓްރެބިއުނަލަށާއި، ކޯޓުތަކަށް ދިއުމުން އެމީހަކަށް އިންސާފު ހޯދައި ދިނުމުގައި ތިން އަހަރު ނަގާކަމީ ކަންބޮޑުވުނާންޖެހޭ ކަމެއްކަމަށެވެ. އަދި އެވަރުގެ މުއްދަތެއްގެ ތެރޭގައި މިހާކު އިންސާފު ހޯދަން ކުރާ މަސައްކަތުގައި ލިބޭ އިންސާފަކީ އިންސާފެއްވެސް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ މިކަންކަމަށް އާދޭސްކޮށް، މިހާރު އޮތް ދިގު މުއްދަތު ކުރުކޮށް، ވީހާވެސް އަވަހަކަށް އިންސާފު ލިބޭނެ ގޮތެއް ހަމަޖެހެން ޖެހޭކަމަށެވެ. އިންސާފަށް ރައްޔިތުން ކުރާ އާދޭސް ގިދުގެމުމަކީ އިންސާފެއް ނޫންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ޓްރެބިއުނަލް، އަދި ކޯޓުތަކަށް ހުށަހަޅަނީ އިންސާފު ލިބުމަށްއެދި! ވަޒީފާ އިން ވަކިކުރި މައްސަލައެއް ބަލަން 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތެއް ނެގުމަކީ އިންސާފެއްނޫން! ދެއްކޭނެ އުޒުރެއް އޮންނަންޖެހޭނެ ކަމަށް ނުދެކެން! އިންސާފަށް އަދި ރައްޔިތުންކުރާ އާދޭސް ގިނަ.

– ނިހާދު ވިދާޅުވިއެވެ.

ނިހާދަކީ ސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތާއި، މަރުތަކުގެ މައްސަލަތައް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅު ކުރައްވާ ބޭފުޅެކެވެ. އެގޮތުން މިކަންކަން ބެލުމަށް ހެދި ކޮމިޝަންތަކާއި، ކުރިންވެސް ހުރި ކޮމިޝަންތަކަށް އެކަށީގެންވާ މިންވަރާއި ގާތައްވެސް މަސައްކަތް ނުކުރެވޭކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ތަންތަނުގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ނުކުރެވޭނަމަ، އާބޭފުޅުން ލައިގެންވެސް ނަތީޖާއަކާއި ހަމައަށް ދާންޖެހޭކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ވަޒީފާއާއި ޓްރެބިއުނަލުން، ވަޒީފާގެ މައްސަލަތަކުގައި ހުށަހެޅޭ އެކި މައްސަލަތައް ދިގުދަންމާ މައްސަލައަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި އޮންނަ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.