ދ. އަތޮޅުގެ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ޒުވާނަކަށް ފިޓްޖެހިގެން އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ދ. އަތޮޅު ތިލަބޮޅުފުއްޓަށް ދަތުރުގޮސް އުޅުނު އެ އަތޮޅު ބަނޑިދޫ ބައެއްގެ ތެރެއިން 20 އަހަރުގެ ޒުވާނަކަށް ފިޓް ޖެހިގެން އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފްގެ ލޯންޗުގައި ކުޑަހުވަދޫއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 20:00 އެހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ