އެމްޕީއެލްގެ "މައި ބަނދަރު" ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި

އެމްޕީއެލްގެ "މައި ބަނދަރު" ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި

Author
ޢަލީ އާދަމް
03 ޖުލައި 2021 07:25
0

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ "މައި ބަނދަރު" ޕޯޓަލްގެ ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކޮށްފި އެވެ.

އެމްޕީއެލުން ބުނީ އެކުންފުނީގެ ހިދުމަތްތަކައް އިތުރު ފުރިހަމަކަމެއް ގެނައުމަށްޓަކައި ގެނެވުނު މި ބަދަލާއި އެކު މައި ބަނދަރު ޕޯޓަލްއިންވެސް ލިންކު ބޭނުންކޮށް ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި ވާކަމަށެވެ. އަދި މޯބައިލް ޕޭގެ ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖެހިފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

މި ބަދަލާއި އެކު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަދި ޝިޕިންގ އޭޖެންޓުންނަށްވެސް އެމްޕީއެލަށް ދައްކަންޖެހޭ ފައިސާ ފަސޭހަކަމާއެކު އޮންލައިންކޮށް ދެއްކޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑްކުރުމާއެކު ހިދުމަތަށް އައި ބަދަލުތައް:

  • ހުރިހާ ކަސްޓަމަރުންނަށް އޮންލައިންކޮށް ޕޯޓަލްއަށް ރަޖިސްޓްރީ ވެވޭނެ
  • މުދަލުގެ ވެރިފަރާތުން އެ ފަރާތެއްގެ މުދަލާ ގުޅޭ ހުރިހާ ތަފްސީލެއް ބަލައިލުމުގެ އިތުރަށް މުދަލަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނެ
  • ޝިޕިންގ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ (އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލް) އަދި ބީއެލް (ބިލް އޮފް ލޭޑިންގ) ހުށަހެޅޭނެ
  • ފައިސާ ދެއްކި ހުރިހާ ރަސީދުތަކުގެ ތަފްސީލު ކޮންމެ ވަގުތަކުވެސް ޕޯޓަލްއިން ފަސޭހައިން ބަލާލެވޭނެ

ކޯވިޑްގެ މިހާލަތުގައި ހުރިހާ ކަސްޓަމަރުންވެސް، އެމްޕީއެލްއަށް އައުމުގެ ބަދަލުގައި ޕޯޓަލްގައި ރަޖިސްޓްރީވެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އަމާޒކީ މިހާރު ދެމުންދާ ހުރިހާ ހިދުމަތެއް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމައެކަނި އޮންލައިންކޮށް ދިނުން ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.