ވަކިބަޔަކު ވެރިކަމަށް އައީމަ "މިނިވަން" ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއް: ސަޢީދު

ވަކިބަޔަކު ވެރިކަމަށް އައީމަ "މިނިވަން" ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއް: ސަޢީދު

Author
މުޙައްމަދު ޖިމީ
03 ޖުލައި 2021 04:24
0

ވަކި ބަޔަކު ވެރިކަމަށް އައުމުން "މިނިވަން" ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއްކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ނޫސްވެރިންގެ ޖަމްޢިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދިޔަރެސް"އަށް ފިޔަވޅު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް އަންގާފައިވާއިރު، އެކަމާއި ގުޅިގެން ނޫސްވެރިންގެ ޖަމްޢިއްޔާއިންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުން އެއްވެސް އެއްޗެއް ބުނެފައިނުވުމުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ،، ލިބިފައިވާ އިލްމާއި ތަޖުރިބާއަށް އިޚްތިރާމް ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ވަކި ބަޔަކު ވެރިކަމަށް އައީމަ "މިނިވަން" ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ލިބިފައިވާ އިލްމާއި ތަޖުރިބާއަށް އިޚްތިރާމް ކުރައްވާ. ވަކި ބަޔަކު ވެރިކަމަށް އައިމަ "މިނިވަން" ގަލަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރަސީއަށް ކުރާ މަލާމާތެއް. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އަޑަކީ ގައްނަ ބިރަށް ކެނޑޭ އެއްޗަކަށް ނުހައްދަވާ.

– މުޙައްމަދު ސަޢީދު

މުޙައްމަދު ސަޢީދު މިހެން ވިދާޅުވެފައިވާއިރު، މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީގައި އެދިފައިވަނީ، ވިއެނާ ކޮންވެންޝަން (1961)ގެ، ހާލަތާ ގުޅުން ހުރި އެންމެހާ މާއްދާތަކުން، ގައުމުން ބޭރުގެ މިޝަންތަކުގައި ތިބޭ އެންމެހާ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު، ހައިކޮމިޝަގެ އިމާރާތާއި، ހައިކޮމިޝަނަރ ހުންނަވާ ގެކޮޅާއި، އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ އެންމެހާ މުވައްޒިފުންނާއި، މުވައްޒިފުން ދިރިއުޅުއްވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ.

އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް އަމާޒުވެ ނުދިއުން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެމީހުންގެ މިނިވަންކަމާއި ކަރާމާތައް އެއްވެސް ފަރާތަކަށް އަރައިނުގަނެވޭނެކަން ކަށަވަރު ކޮށްދިނުމާއި، އަދި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ ނާރާނޭކަން، ވިއެނާ ކޮންވެންޝަންގައި ވާގޮތުގެމަތިން ކަށަވަރު ކަށަވަރު ކޮށްދިނުންމަށްވެސް ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވި މިސިޓިގައި އެދިފައި ވެއެވެ.

އިންޑިއާގެ ހައިކޮމިޝަންގެ މިސިޓީއާއި ގުޅިގެން، ރާއްޖޭގެ މިނިވަންކަމާއ އިސްތިގުލާލަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަވާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.