އެމްއެންޔޫގައި ހަރުކަށި ފިކުރެއްނެތް، އަފީފް ހެއްދެވީ އިތުރުފުޅު: ޝަރީފް

އެމްއެންޔޫގައި ހަރުކަށި ފިކުރެއްނެތް، އަފީފް ހެއްދެވީ އިތުރުފުޅު: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2021 12:14
0

ގައުމީ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ކުރެވޭ ތުުހުމަތުތައް އެ ޔުނިވާސިޓީން ދޮގުކޮށްފިއެވެ.

އެމްއެންޔޫން އެކަން ދޮގު ކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "މެއި ހައެއް" ކޮމިޓީގެ މުގަރިރު ހަސަން އަފީފް އެމްޑީޕީ ތަމްސީލު ކުރައްވާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އަފީފްގެ އެ ތުހުމަތުތަކާ ގުޅިގެން އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު ވިދާޅުވީ ޔުނިވާސިޓީގެ ތަސައްވުރަށް ކިލަނބުކަން ލިބޭ ގޮތަށް އަދި ތަނަށް އޮންނަ އިތުބާރަށް އަސަރު ކުރާ ގޮތަށް ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ވިދާޅުވީ، އެމްއެންޔޫގެ އެއްވެސް ދަރިވަރެއްގެ ފަރާތުން ހަރުކަށި ފިކުރަށް ތާއިދު ކުރާކަން މިހާތަނަށް ތަޖުރިބާ ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޔޫ ކަހަލަ އެތައް ސަތޭކަ ދަރިވަރަކު ކިޔަވަމުންދާ ތަނަކާ މެދު ބޭފުޅަކު ވާހަކަފުޅު ދައްކާއިރު ވިސްނާލުން ވެސް މުހިއްމު ކަމެއް ކަމަށެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުންތަކެއް ތިބި ނަމަ ޔުނިވަސިޓީގެ އިސްވެރިންނަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ޝަކުވާގެ ގޮތުގައި ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެފަދަ ޝަކުވާތަކެއް އަދި އެފަދަ މައްސަލަތަކެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޔޫގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުން ނެތް ކަމަށް އެމްއެންޔޫ އިން ބުނެފައި މިވަނީ އެތަނުގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަޒީފާ އިން ވަކިކޮށްފައިވާ ވަގުތެއްގައެވެ. އިޔާޒު ވިދާޅުވެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފްގެ ވައުދެއް ފުއްދެއްވުމަށް ކަމަށެވެ.

ޝައިޚު އިޔާޒު ވިދާޅުވީ އަވަސް އަރުވާލައިގެން މިދަނޑިވަޅުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަޖިލީހުގައި އޮތް ނަފްރަތު ބިލުގެ މައްސަލާގައި ދިވެހި ރައްޔިޔުންގެ މެދުގައި އޮތް ކަންބޮޑުވުމުގެ ފޯކަސް މުޅިން އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށެވެ. ނަމަވެސް މިމަސައްކަތަކީ މިހެން އަދި ކުރެވޭ ކަމަކުން ނިންމާލެވޭނެ ކަމެއްނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އަދި އެބިލާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށްވެސް ޑރ.އިޔާޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާމު
ނަޝީދާއި ނަޝީދުގެ އައުވާނުންނާހުރެ ގަްުމު ހަލާކުވެގެން މިދަނީ.