ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ގޮއްވައިލަން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން ކުރިން އިތުރުކޮށްދިނެވެ. ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމީހާ ބަންދުން ދޫކޮށްލާފައި ވަނީ ތަހުގީގު ނިމިފައިވާތީ ކަމަށެވެ.
އެމީހާ ދޫކޮށްލާފައި ވަނީ ޕީޖީ އޮފީހުން ރަސްމީ ޕޯޓަލްއިން މައްސަލަ ހިއްސާކޮށް މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު.
– ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުން ވަނީ މިފަދަ ނުރައްކާތެރި އިންޒާރުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ބުނެފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު 6 ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް ބަޔަކު ހައްޔަރުކޮށް، ތަހުުގީގު ދަނީ ކުރިއަށެވެ. އެ ހަމަލާގައި ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުުމަށް އެ މަނިކުފާނު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ކޮމެންޓު ފޮނުވާ