ޢަލީ ޒައިދަށް ވެސް އެމްއެންޔޫން ފިޔަވަޅު އަޅައިފި

ޢަލީ ޒައިދަށް ވެސް އެމްއެންޔޫން ފިޔަވަޅު އަޅައިފި

Author
ޢަލީ އާދަމް
02 ޖުލައި 2021 08:24
0

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ލެކްޗަރާ ޝައިޚް ޢަލީ ޒައިދަށް ވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިިފި އެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރައްވާ ހިޔާލުތަކާ ގުޅިގެން އެ ޔުނިވަރސިޓީން އިއްޔެ ވަނީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޒު އަބްދުއްލަތީފް މަގާމުން ވަކިކޮށްފައެވެ.

ޝައިޚް ޒައިދަށްވެސް ފިޔަވަޅު އަޅާފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓްތަކަކާއި ގުޅިގެންނެވެ.

ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ޔުނިވަރސިޓީން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަަމަށެވެ. އެގޮތުން އަނގަބަހުން ނަސޭހަތްދީ އަދި ލިޔުމުން އިންޒާރުވެސް ދީފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް އެޅީ ވަރަށް ބާރު ސްޕީޑްގައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

"ވަކީލު ކުރަނީ މާތްﷲ އަށް. ބިރުވެތި ވަނީވެސް އެކަލާންގެ އަށް،"

– ޢަލީ ޒައިދު

ޒައިދަށް ފިޔަވަޅު އެޅީ ކޮން އިރަކުކަމާއި، ކޮން ޓްވީޓްތަކަކާ ގުޅިގެންކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.