ފިޤުހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފްގެ ބައެއް ފިޤުހް ރަޢުޔާ އެއްބަސްނުވެވޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. އިޔާޒު ވަކިކުރުނުން ކުއްވެރިކުރައްވާ އިމްރާން ކުރެއްވީ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތު ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. އިޔާޒްގެ ބައެއް ފިޤުހް ރަޢުޔާ އެއްބަސް ނުވެވުނަސް އެމަނިކުފާނާއިމެދު އެމްއެންޔޫ އިން އެޅި ފިޔަވަޅަކީ އިންސާފްވެރި ފިޔަވަޅެއް ކަމަށް ނުދެކޭ ކަމަށް އިމްރާންގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްއެންޔޫގެ މި ނިންމުން މުރާޖާ ކުރުމަށްވެސް ގޮވާލައްވާފައި ވެއެވެ.
Dr. Iyaz akee Raajjeyge Islami shakhsiyyathu harudhanaa kurumah dheenee ilmuveriehge haisiyyathun nuhanu gina khidhumayi kuravvaa beyfulheh. @dr_iyaz ge baeh fiqhi rauyaa alhugandah ehbasnuvevunas emanikfaanaamedhu MNU in elhifiyavalhakee insaafveri fiyavalheh kamah nudheken.
— Imran Abdulla (@ShimranAb) July 1, 2021
ޑރ. އިޔާޒް އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ވަކިކުރީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީޕް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު އޮންލައިނުން ދެންނެވި ސުވާލަކަށް ޖާވާބު ދެއްވަމުން އިޔާޒް ވިދާޅުވީ، ޖުލައި 1ގެ ކުރިން އެބޭފުޅާ ވަޒީފާއިން ވަކި ކުރާނެ ކަމަށް ވައިސް ޗާންސެލަރ ވެފައިވާ ވައުދު ފުރިހަމަ ކުރެއްވީ ކަމަށެވެ.
ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ފަހުން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.
ސޯޝަލް މީޑިއާގައި ފާޅުކުރައްވާ ޚިޔާލުތަކާއި ގުޅިގެން ޑރ. އިޔާޒް މަގާމުން ވަކިކުރިކަމަށް ޔުނިވަރސިޓީން ބުނާއިރު އެކަމާގުޅޭގޮތުން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓްގައި، އިޔާޒް ބައެއް ފިޤުހް ރަޢުޔާ އެއްބަސްނުވެވޭ ކަމަށް އިމްރާން ވިދާޅުވެފައިވާ ވިދާޅުވުމުން ދޭހަވަނީ އިމްރާން އަދުގެ ސަރުކާރުގައި ހުންނެވި މަޤާމު ދިފާޢުކުރައްވަން ވިދާޅުވި ވިދާޅުވުމެއްގެ ގޮތުގައި ކަމަށް ސަރުކާރާ އިދިކޮޅު ބައެއްފަރާތްތަކުން ސިފަކުރައްވައެވެ.
ކޮމެންޓު ފޮނުވާ