ޒަމާނީ ޑިމޮކްރަސީއާއެކު އިސްލާމީ ޝަރީޢަތް ގާއިމު ކުރެވިދާނެތަ؟

ޒަމާނީ ޑިމޮކްރަސީއާއެކު އިސްލާމީ ޝަރީޢަތް ގާއިމު ކުރެވިދާނެތަ؟

އިސްލާމީ ޝަރީޢަތަށް ލޯބިކޮށް، ސިޔާސީ ޕާޓީގެ ނިޒާމް ޤަބޫލު ނުކުރާ ގިނަ ބަޔަކު ދިވެހީންގެ ތެރޭގައި އުޅެއެވެ. ޒަމާނީ ޑިމޮކްރަސީ އަކީ އެމީހުން މާބޮޑަށް ޤަބޫލުކުރަން ބޭނުންނުވާ އެއްޗެއް ނޫނެވެ. ޑިމޮކްރަސީ ގާއިމް ކޮށްފަ އޮއްވާ ސިޔާސީ ޕާޓީތައް ހަދައިގެން އިސްލާމީ ޝަރީޢަތް ގާއިމް ކުރެވިދާނެކަމާމެދު އެމީހުން ސުވާލު އުފައްދައެވެ. ނޫނީ ޑިމޮކްރަސީ އަށް ނޫނެކޭ ބުނެ އިސްލާމީ ޝަރީއަތް ގާއިމް ކުރަން މަސަތްކަތް ކުރަންވީތޯ އެމީހުން ސުވާލު އުފައްދަ އެވެ. އަދި ރާއްޖޭގައި މިހާރު ހާލަތު ހުރިގޮތުން ދީނީ ހަމަތަކާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދާ އެއްގޮތައް މި ހާލަތު ބަދަލް ކުރުމުގައި ޢަމަލު ކުރަންވީ ގޮތަކީ ކޮބައިތޯ އެފަދަ މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިފަދަ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފްގެ ރަޢުޔަށް މި ލިއުމުގައި ބަލައި ލާނަމެވެ. ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. ޢިޔާޒަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މި މަޢުލޫގައި ބަލާލަންޖެހޭ ކަންކަމަކީ:

1. ޑިމޮކްރަސީ އަކީ ކޮންކަހަލަ ނިޡާމެއްތޯ؟
2. ޑިމޮކްރެޓިކް ނިޡާމެއްގެ ތެރޭގައި މަސައްކަތް ކުރެވިދާނެތޯ؟
3. ޑިމޮކްރަސީ ގާއިމް ކޮށްފައި އޮއްވާ ސިޔާސީ ޕާޓީ އެއް ހަދައިގެން ގައުމު އިޞްލާޙު ކުރެވިދާނެތޯ؟ އަދި ރާއްޖޭގައި މިހާރު ޙާލުތު ހުރި ގޮތުން ދީނީ ހަމަތަކާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދާ އެއްގޮތަށް ޙާލަތު ބަދަލު ކުރުމުގައި ޢަމަލު ކުރަންވީ ގޮތަކީ ކޮބައިތޯ؟

ޑިމޮކްރަސީ އަކީ ކޮންކަހަލަ ނިޡާމެއްތޯ؟

ޑިމޮކްރަސީ އަކީ ބިންމަތީގައި އުފެދިގެން އުޅޭ ވަޟްޢީ ނިޡާމެކެވެ. އޭގެ މާނައަކީ ރަޢްޔިތުން ރަޢްޔިތުންގެ ކަންތައްތައް ނިންމުމެވެ. ވީމާ، އެއީ އިސްލާމްދީނާއި ޚިލާފު އެއްޗެކެވެ. ޙުކުމް ކަނޑައެޅުން ޚާލިޞްވެގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ﷲ ގެ ޙުކުމާ ފުށޫ އަރާފަދަ ގޮތަކަށް ޙުކުމް ކަނޑައެޅުމުގެ ޙައްގު އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ.
"މައުސޫޢަތުލް އަދްޔާން ވަލްމަޛާހިބުލް މުޢާޞަރާ" ނަމަކަށް ކިޔާ ފޮތުގެ ( 2 / 1066 ، 1067): އައިސްފައިވެއެވެ. "ޝައްކެއް ނެތް ގޮތުގައި ޑިމޮކްރަސީ އަކީ ފަހުން އުފެދިގެން އުޅޭ ނިޡާމެކެވެ. އެގޮތުން ކިޔަމަން ގަތުމުގައްޔާއި ކަންކަމުގެ ޙުކުމް ތަޝްރީޢު ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަދަލުގައި އެއީ އިންސާނުންގެ އަމިއްލަ ކަމެއް ކަމުގައި ހަމަޖެއްސުމެވެ. ސޫރަތު ޔޫސުފްގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّـهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّـهِ ۚ أَمَرَ‌ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ‌ النَّاسِ لَا يَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށްނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، اللَّهފިޔަވައި ތިޔަބައިމީހުންއަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް حجّةއެއް اللَّه ބާވައެއްނުލައްވަތެވެ. اللَّهއަށް މެނުވީ حكمކުރެއްވުމެއްނެތެވެ. އެކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަންނުކުރުމަށް އެކަލާނގެ ވަނީ أمرކުރައްވާފައެވެ. އެއީ حقތެދު دينއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."

ޑިމޮކްރަޓިން ނިޡާމެއްގެ ތެރޭގައި މަސައްކަތް ކުރެވިދާނެތޯ؟

ޑިމޮކްރަޓިކް ނިޡާމްގެ ޙުކުމަކީ ކޮބައިކަން އެނގޭ މީހަކު، އެފަދަ ނިޡާމެއްގެ ދަށުން ހިންގާ ސަރުކާރެއްގެ މަގާމެއް ގަބޫލުކޮށްފިނަމަ އެމީހަކަށް އެހުރެވެނީ ނުރައްކާތެރި ކަންތަކެއްގެ ތެރޭގައެވެ. އެހެނީ، ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ޑިމޮކްރަސީ އަކީ ދީނާއި ފުށޫ އަރާ ނިޡާމެކެވެ.
މިފަދަ ނިޡާމްގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައްތައް ރަގަޅު ކުރުމުގެ ނިޔަތުގައި މީހަކު އެކަމުގެ ތެރެއަށް ވަދެއްޖެނަމަ، އަދި ލާދީނީ މީހުންނަށް މުޅިތަން ދޫކޮށްނުލުމުގެ ނިޔަތުގައި އެފަދަ މަޖްލިހަކަށް މީހަކު ވަދެއްޖެނަމަ، މިކަން ބެލެވޭނީ އިޖްތިހާދީ ކަމެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ޙާޞިލް ކުރެވޭނެ މަގްޞަދުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ. އަދިކިއެއްތަ، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިފަދަ ނިޡާމްގެ ދަށުން ބާއްވާ އިންތިޚާބު ތަކުގައި ބައިވެރި ވުމަކީ ވާޖިބު ކަމެކެވެ.
އިންތިޚާބު ބޭއްވުމުގެ ޙުކުމަކީ ކޮބައިތޯ ޝައިޚް ޢުޘައިމީން ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އަޅުގަޑު ދެކޭ ގޮތުގައި އިންތިޚާބަކީ ވާޖިބު ކަމެކެވެ. އަދި އެފަދަ އިންތިޚާބުތަކުގައި ހެޔޮލަފާ ޞާލިޙް ކަމުވޮށިގެންވާ މީހުން ހޮވުމަކީ ވާޖިބު ކަމެކެވެ. ސަބަބަކީ ހެޔޮލަފާ ޞާލިޙް މީހުން އެކަމުން ފަސްޖެހިއްޖެނަ، ދެން އެކަމާ ޙަވާލުވާނީ ކޮންބަޔެއްތޯއެވެ؟ އެކަންތަކާ ޙަވާލުވާނީ ނުލަފާ މީހުންނެވެ. އެމީހެއްގެ ކިބައިގާ ހެވެއް ނުވާ ދީނަށް ލޯތްބެއް ނެތް ބަޔަކަށް ބާރު ލިބިގެން ހިނގައިދާނެއެވެ. އެހެންކަމުން، ޞާލިޙް ރަގަޅު މީޙުން މަގާމު ތަކަށް އިންތިޚާބު ކުރެވެން ޖެހޭނެއެވެ. ފަހަރުގައި މީހަކު ބުނެދާނެއެވެ. އަހަރުމެން ރަގަޅު މީހަކު ހޮވީމެވެ. ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތީ ނުބައި މީހުންގެ އަތްމަތީގައެވެ. މިފަދަ މީހުންނަށް އަޅުގަޑުމެން ދޭން އޮތް ޖަވާބަކީ: އެންމެ މީހަކު ނަމަވެސް މަޖިލީހުގައި ހެޔޮބަހެއްބުނެ، ރަގަޅު މަގަށް މަގުދައްކައިފިނަމަ، ﷲ ތަޢާލާ އެކަމެއްގައި ބަރަކާތްލެއްވުމާއި އެކު، އެކެމަށް ވަރަށް ބޮޑު އަޘަރެއް ކުރާނެއެވެ. އެހެންނަމަވެސް، އަޅުގަޑުމެންގެ ކިބައިގާ އުނިވާ ކަމަކީ ﷲ އަށް ތެދުވެރިވުމެވެ. އަޅުގަޑުމެންނަށް އިޢްތިމާދުވެވެނީ މާއްދީ ކަންތަކަށެވެ. ﷲ އަންގަވާފައިވަނީ ކީކޭތޯ އަޅުގަޑުމެންނަކަށް ބަލައިނުލެވެއެވެ. އެހެންކަމުން، ރަގަޅު ޞާލިޙް ކަމުވޮށިގެންވާ މީޙުން ކަންކަމަށް ކުރިމަތި ކުރުވާށެވެ. އަދި ﷲ އަށް ވަކީލު ކުރާށެވެ."

ސަޢޫދީގެ ފަތްވާ ކޮމިޓީ އާއި ސުވާލު ކުރެވުނެވެ.
އިންތިޚާބު ތަކަށް ކުރިމަތިލާ، ވޯޓުލުމުގެ ޙުކުމަކީ ކޮބައިތޯ؟ މަޢްލޫމާތަށް ޓަކައި ދަންނަވަމެވެ. އަޅުގަޑުމެންގެ ގައުމަކީ ﷲ ބާވާލެއްވި ޙުކުމް ދޫކޮށްލާ ވަޟްޢީ ގާނޫނަށް ޙުކުމް ކުރާ ބަޔެކެވެ. ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ﷲ ގެ ޙުކުމް ދޫކޮށްލާ، ވަޟްޢީ ގާނޫނުތަކަށް ޙުކުމް ކުރާ ސަރުކާރެއްގެ އެއްވެސް މަގާމެއް ގަބޫލު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ވީމާ، އަމިއްލަ ނަފްސުވެސް، އަދި އެހެން މީހަކުވެސް މިފަދަ ސަރުކާރެއްގެ މަގާމަކަށް ހުށަހެޅުން އެއްވެސް މުސްލިމަކަށް ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް، އެފަދަ މަގާމެއް ގަބޫލު ކުރަނީ ސަރުކާރު ތެރޭގައި ހުރި ލާދީނީ ކަންތައްތައް ރަގަޅުކޮށް އިޞްލާޙް ކުރުމުގެ ނިޔަތުގައި ކަމަށްވަނީނަމަ، ނުވަތަ ލާދީނީ މީހުންގެ މައްޗަށް ގަދަވެގަތުމުގެ ނިޔަތުގައި ކަމަށްވަނީނަމަ، އެކަމަކީ ހުއްދަ ކަމެކެވެ."
ޖަވާބުދެއްވީ، އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް، އައްޝައިޚް ޢަބްދުއްރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ބިން ޣުދައިދާން، އައްޝައިޚް ޢަބްދުﷲ ބިން ގަޢޫދެވެ.
(ފަތާވާ އައްލަޖްނަތުއްދާއިމާ 23/406-407).

އަދިވެސް އެބޭފުޅުންނާ ސުވާލު ކުރެވުނެވެ.
"އަޅުގަޑުމެން ޖަޒާއިރުގައި ކަންތައް ހިނގަމުންދާ ގޮތް ތިޔަބޭފުޅުންނަށްވެސް ވާނީ އެނގިފައެވެ. އެގޮތުން އިސްލާމީ ޙުކުމްތައް ތަންފީޛު ކުރުމަށް ގޮވާލާ ބައެއް ޕާޓީ ތައް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައިގެން އުޅެއެވެ. އަދި މި އިންތިޚާބަށް ކުރިމަތިލައިގެން އުޅޭ ބައެއް ޕާޓީ ތަކަކީ އިސްލާމީ ޙުކުމް ގާއިމް ކުރުމަށް ބޭނުން ނުވާ މީހުންނެވެ. ވީމާ، އެބޭފުޅަކު ނަމާދު ކުރެއްވިނަމަވެސް، ﷲ ގެ ޙުކުމް ތަންފީޛު ކުރުމާ ނުރުހޭ ކަމަށްވަނީނަމަ، އެފަދަ މީހަކު އިންތިޚާބު ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. "އިސްލާމީ ޝަރީޢަތް ތަންފީޛު ނުކުރާ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އިސްލާމީ ޝަރީޢަތް ތަންފީޛު ކުރެވޭނެ ގޮތެއް ހޯދުމެވެ. އަދި އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ ޕާޓީގެ ބޭފުޅުންގެ އަތުގައި ހިފާ އެބައިމީހުންނަށް ވާގިވެރިވެ އެހީތެރިވުމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެކެވެ. ސޫރަތުލް މާއިދާގެ 49 އަދި 50 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْ‌هُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِ‌يدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرً‌ا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾) މާނައަކީ: " އަދި اللَّهބާވައިލައްވާފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއްآيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނުދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّهއިރާދަކުރައްވަނީ،އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوباتދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسقންކަންކަށަވަރެވެ. ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكمހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّهއަށްވުރެ حكمކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުމަށް އިންކާރު ކުރާ މީހުންނަކީ ދީނުން ބޭރުވެފައިވާ ކާފިރުބަޔެއްކަން ބަޔާން ކުރެއްވުމަށްފަހު، ދެން މިއަންގަވަނީ އެފަދަ މީޙުންނާ ބައިވެރިވެ، ވާގިވެރިވުމުގެ ހުރި ނުރައްކާތެރިކަން ބަޔާން ކުރައްވާފައެވެ. ޙައްގުގޮތުގައި މުއިމިނުން ކަމުގައިވަނީނަމަ ﷲ އަށް ތަގްވާވެރިވުމަށް ވަނީ އަމުރު ކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 57 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ‌ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿٥٧﴾) މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނުމީހުންގެ ތެރެއިން ތިޔަބައިމީހުންގެ دينއަކީ ފުރައްސާރައެއް ކަމުގައްޔާއި،ކުޅިވަރެއް ކަމުގައި ހަދައިގެން އުޅުނު މީހުންނާއި، كافرން އެއީ،އެހީތެރިން ކަމުގައި ނުހަދާށެވެ! އަދި ތިޔަބައިމީހުންނީ، مؤمنންކަމުގައިވާނަމަަ اللَّهއަށް تقوىވެރިވާށެވެ!"وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم ".
އައްލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔަތި ވަލްއިފްތާ.
އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދިﷲ ބިން ބާޒް، އައްޝައިޚް ޢަބްދުއްރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ބިން ޣުދައިދާން. (ފަތާވާ އައްލަޖްނަތުއްދާއިމާ 1/373).
ސޫރަތުލް އަންޢާމްގެ 57 ވަނަ އާޔަތުގައި މަތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنِ الْحُكْمُ إِلَّا لِلَّـهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ‌ الْفَاصِلِينَ) މާނައަކީ: "حكم ކުރެއްވުން اللَّهއަށް މެނުވީ ނުވެއެވެ. އެކަލާނގެ حقބަސްފުޅު وحىކުރައްވައެވެ. އެކަލާނގެއީ، حكمކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ."

ޑިމޮކްރަސީ ގާއިމް ކޮށްފައި އޮއްވާ ސިޔާސީ ޕާޓީ އެއް ހަދައިގެން ގައުމު އިޞްލާޙު ކުރެވިދާނެތޯ؟ އަދި ރާއްޖޭގައި މިހާރު ޙާލުތު ހުރި ގޮތުން ދީނީ ހަމަތަކާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދާ އެއްގޮތަށް ޙާލަތު ބަދަލު ކުރުމުގައި ޢަމަލު ކުރަންވީ ގޮތަކީ ކޮބައިތޯ؟

ދިވެހިރާއްޖޭގެ ޙާލަތު އޮތްގޮތުން ދީނީ މީހުންގެ އަތުގައި ސިޔާސީ ބާރެއްއޮތުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. ދިނާއި ސިޔާސަތަކި ވަކި ނުކުރެވޭނެދެއެއްޗެކެވެ. ބައެއް ލާދީނީ މީހުން ދީނާއި ސިޔާސަތި ވަކި ކުރަން ގޮވާގޮވެލި ތަކަކީ ނުރައްކާތެރި ވާހަކަ ތަކެކެވެ. އެބައިމީހުންގެ މަގްޞަދަކީދީނީ ޢިލްމުވެރިން ދައުލަތުގެ އެއްވެސް ކަމަކަށް ފާޑު ނުކިޔާ ހަމައެކަނިނަމާދުކޮށްލައިގެން ދީނީ ނަޞޭޙަތް ދިނުމަށް މިސްކިތުގައި ތިބުމެވެ. ސިޔާސީމީހުން ކިތަންމެ ބޮޑު ގޯހެއް ހެދިނަމަވެސް އެއާއި މެދު އުއްފުވެސްނުބުނުމެވެ. ނަމަވެސް، އެއީ މުޅިން ގޯސް ފިކުރެކެވެ. ސަބަބަކީހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ އަޅުގަޑުމެންމުސްލިމުންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާ އެކެވެ. އެކަންފުރިހަމަ ގޮތުގައި ނުކޮށްފިނަމަ އެންމެންގެ މައްޗަށް ޢާއްމުވާފަދަ ކޯފާއެއް ޢަޛާބެއް އައުމަކީ އިލާހީ ސުންނަތެވެ. މީގެ ކުރީގެ އުއްމަތްތަކުގެތެރެއިން ބައެއް އުއްމަތްތައް ހަލާކުވެ ގޮސްފައިވަނީ އެސަބަބާ ހުރެއެވެ. ވިމާ، މާޟީން ޢިބްރަތް ޙާޞިލްކޮށް، އަޅުގަޑުމެންގެ އުޅުމާއި ގުޅުންއިޞްލާޙު ކުރަން ޖެހެއެވެ. އަޅުގަޑުމެންގެ މުޖްތަމަޢުގައި ހުރިނުބައިކަންތައް މަނާ ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. އިޞްލާޙީޕްރޮގްރާމްތައް ހިންގޭނެ މަގުތައް ކޮށަން ޖެހެއެވެ. އެގޮތުން ދީނީ ސިޔާސީޕާޓީ އެއް ވުޖޫދުގައި އޮތުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ.
މިޞްރުގައި މިހާރު ވެރިކަން ކުރަމުން ގެންދާ އިޚްވާނުލް މުސްލިމީން ވެރިކަމަށް އައިސް، އިސްލާމީ ޝަރީޢަތް ތަންފީޛު ކުރަން މަސައްކަތް ކުރަމުން ގެންދަނީ ޕާޓީ ސިސްޓަމްގެ ތެރެއިން ލާފައެވެ. މިތަނުގައި އިތުރަށް ހަނދާނުގައި ބަހައްޓަންވީ ކަމަކީ އިސްލާމްދީން ޙިމާޔަތް ކުރުމަށް މަސައްކަތް ނުކުރާ، ޢަލްމާނީ ޕާޓީ ތަކާ ގުޅުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެފަދަ ޕާޓީ ތަކާ ގުޅުމުގެ މާނައަކީ އެބައިމީހުން ހިންގާ ލާދީނީ ޕްރެޕެގެންޑާ ތަކުގައި ތިމާބައިވެރިވުމެވެ. އަދި ތިމާގެ ނަން އެޕާޓީ އެއްގައި އޮތުމުގެ ސަބަބުން އެޕާޓީ އެއްގެ ދަފްތަރަށް މީހަކު އިތުރުވުމެވެ. އެބައިމީހުންގެ ބާރުގަދަވުމެވެ. ސޫރަތުލް އަންޢާމްގެ 153 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَأَنَّ هَـٰذَا صِرَ‌اطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّ‌قَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾) މާނައަކީ: " އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށްތިޔަބައިމީހުން تبعވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبعނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެންހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصيةކުރެއްވީ، ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ."
ސޫރަތުލް އަންޢާމްގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ فَرَّ‌قُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ إِنَّمَا أَمْرُ‌هُمْ إِلَى اللَّـهِ ثُمَّ يُنَبِّئُهُم بِمَا كَانُوا يَفْعَلُونَ ﴿١٥٩﴾) މާނައަކީ: " ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީމީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّهގެ حضرةއަށެވެ. ދެންއެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبرއަންގަވާނެތެވެ."
މި އާޔަތްތަކުން ދޭހަވަނީ މުސްލިމުން ވާން ޖެހޭނީ ހިތްތައް އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ކަމެވެ. އަދި އިސްލާމްދީނުގެ އަހްލުވެރިން ބައިބައިވެގެން ގޮސްގެން ނުވާނެ ކަމެވެ. އަދި އެގޮތަށް ބައިބައިވެގެން ދާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވާ ކަމަށްވެސް ވަނީ އަންގަވާފައެވެ.

ޚުލާޞާ: ޑިމޮކްރަސީ އަކީ އިންސާނުން އަމިއްލަ އަށް ހަދާފައިވާ ނިޡާމެކެވެ. އަޅުގަޑުމެން ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް ދިވެހި ރާއްޖެ އަށް ޑިމޮކްރަސީ އޭ ކިޔާ އެއްޗެއް ވަނީ އައިސްފައެވެ. އެހެންނޭ ކިޔާފައި ހަމައެކަނި ދުޢާ ކޮށްލައިގެން މަޑުން ތިބެގެން ވާކަށް ނެތެވެ. ގައުމު އިޞްލާޙު ކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ޖެހެއެވެ. އަލިފާން ގަނޑެއްގެ ތެރެއަށް ވަނުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ތަނެއްގައި އަލިފާން ރޯވެ، އެއަލިފާންގަނޑު ނިއްވާލެވެން އަންނަނީ އެއަލިފާންގަނޑުގެ ތެރެއަށް ވަދެގެން ކަމަށް ވަނީނަމަ އެކަންވެސް ކުރަން ޖެހޭ ފަދައިން، މިއަދު މިވަނީ އަޅުގަޑުމެން ޑިމޮކްރަސީގެ ތެރެއަށް ވަދެގަނެގެން ނަމަވެސް ގައުމު އިޞްލާޙް ކުރަން ޖެހިފައެވެ. ވީމާ، ދީން ޙިމާޔަތްކޮށް، އިސްލާމީ ޝަރީޢާ ގާއިމް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *